ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކީއްވެ؟” ފިލްމުގަ ރީކޯ މޫސަ ކުޅުނު ސިރާޖުގެ ކެރެކްޓަރު މުހިންމުވަނީ ކީއްވެ؟

“ކީއްވެ؟” ފިލްމުގައި ރީކޯ މޫސަ ކުޅޭ “ސިރާޖު”ގެ ކެރެކްޓަރ ލިޔުނު ގޮތާއި އޭގެ ފަހަތުގައިވާ ވާހަކަތައް މަހުދީ ހާމަކޮށްފިއެވެ.

ދިވެހި ސިނަމާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކު، 22 އަހަރަށް ފަހު ލީޑު ރޯލަކުން ފެނިގެންދާ ފިލްމު “ކީއްވެ؟” ގެ ސްކްރީންޕްލޭ ލިޔުނު ގޮތާއި، އޭނާ ކުޅޭ “ސިރާޖު”ގެ ކެރެކްޓަރ ބައްޓަންކުރި ގޮތުގެ ތަފުސީލު ފިލްމުގެ ސްކްރީންރައިޓަރު މަހުދީ އަހުމަދު ހާމަކޮށްފިއެވެ.

މަހުދީ އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުގައި، 2004 ވަނަ އަހަރު ނުކުތް “ހަތަރު އުދަރެސް” އަށް ފަހު ރީކޯ މޫސަ ލީޑު ރޯލަކުން އަލުން ފެނިގެންދާ މި ފިލްމުގެ ސްކްރީންޕްލޭ އޭނާއާ ހަވާލުކުރީ އެގްޒެކެޓިވް ޕްރޮޑިއުސަރު ހުސައިން މުނައްވަރެވެ. އަދި މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު ޑައިރެކްޝަނަށް ނުކުންނަ ވެޓެރަން ޑައިރެކްޓަރު އީސާ ޝަރީފުގެ ފިލްމެކެވެ. މި މަޝްރޫޢުގެ ފެށުމުގައި ވެސް ޕްރޮޑިއުސަރާއި ޑައިރެކްޓަރު އެއްބަސްވީ މައި ރޯލު ކުޅެންވާނީ މޫސާ މަނިކު ކަމަށެވެ.

ސްކްރީންޕްލޭގެ އައުޓްލައިން ނިންމުމަށްފަހު، ފުލް ޑްރާފްޓް ލިޔަން ފެށީ މޫސަ މި ރޯލު ގަބޫލުކުރިކަން ޔަގީންވުމުން ކަމަށް މަހުދީ ބުންޏެވެ. އަދި މޫސަ މި ރޯލު ކުޅޭނެކަން ކަށަވަރުވުމުން، “ސިރާޖު” ގެ ކެރެކްޓަރ ލިޔުމުގައި މޫސަގެ މާޒީގެ މަޝްހޫރު ޑައިލޮގްތަކުގެ ރަހަތަކާއި، އޭނާ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ސިޔާސީ ވާހަކަތަކުގެ ނުފޫޒު ހިމެނޭ ގޮތަށް ބައެއް ބަދަލުތައް ގެނައި ކަމަށް މަހުދީ ފާހަގަކުރިއެވެ. ނަމަވެސް އޭނާ ބޭނުންވީ ސިރާޖަކީ ހަމައެކަނި ކުރީގެ މޫސަ ހަނދާންކޮށްދޭ މީހަކަށް ވުމުގެ ބަދަލުގައި އަމިއްލަ ވަކިވަންތަކަމެއް ހުރި ފުރިހަމަ ކެރެކްޓަރަކަށް ހެދުމަށެވެ.

މިވެސް ކިޔާލަން:  "ލޯބިވެވިއްޖެ" ފިލްމުގެ އޯޑިއޯ އަލްބަމް ރިލީޒްކޮށްފި

ފުރަތަމަ ޑްރާފްޓް ނިންމައި އީސަ އަށާއި މޫސައަށް ފޮނުވުމަށްފަހު، އެ ދެ ފަންނާނުންގެ ފަރާތުން ލިބުނު ފީޑްބެކަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށް މަހުދީ ބުންޏެވެ. ވަކިން ހާއްސަކޮށް، މޫސަ އަމިއްލައަށް ގުޅައިގެން ސިރާޖުގެ ކެރެކްޓަރާ މެދު މަޝްވަރާކޮށް، ލިޔުންތެރިޔާގެ ވިސްނުމަށް ނައިސްހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށްދިން ކަމަށް އޭނާ ބުންޏެވެ. މޫސަގެ މި ވިސްނުންތަކާއި އީސަގެ އިރުޝާދާއެކު ސްކްރީންޕްލޭ އަލުން އިސްލާހުކުރުމުން، ސިރާޖުގެ ކެރެކްޓަރ އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެން ދިޔަކަން މަހުދީ ފާހަގަކުރިއެވެ.

މަހުދީ ސިފަކުރި ގޮތުގައި، “ފަތިސްހަނދުވަރު” ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އީސާ ޝަރީފާއި ރީކޯ މޫސަ އެތައް އަހަރަކަށް ފަހު އަލުން ގުޅިގެން މަސައްކަތްކުރާ ފިލްމެއްގެ ސްކްރީންޕްލޭ ލިޔަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

ދިވެހި ފިލްމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެކްޓަރ އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މި އައު ފިލްމު “ކީއްވެ؟” ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރު 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top