ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގްރާންޑޭ ބަލިކޮށް ސޮކަރމޭޓްސް ތިންވަނައަށް
އެފްއޭއެމް ވިމެންސް ލީގު - އެފްބީ

މިހާރު ކުރިޔަށްދާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުން މޮޅުވެ މޯލްޑިވްސް ސޮކަރމޭޓްސް ލީގުގެ ތިންވަނައަށް ޖެހިލައިފި އެވެ.

ރޭ ކުޅެވުނު މި މެޗުގައި މޯލްޑިވްސް ސޮކަރމޭޓްސްއާ ބައްދަލުކުރީ ދަ ގްރާންޑޭ އެވެ. މިއީ ލީގުގައި މި ދެ ޓީމު ވެސް ކުޅޭ ތިންވަނަ މެޗެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ މި ދެ ޓީމުގެ ކުރިމަތިލުން ވާދަވެރިވެފައި ފޯރިގަދަވާނެކަމަށް ބެލެވުނު އެންމެ ބޮޑު ސަބަބަކީ މި މެޗުން މޮޅުވާ ޓީމަކަށް ލީގުގެ ތިންވަނައަށް އެރުމުގެ ފުރުސަތު އޮތުމެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗު ސޮކަރމޭޓްސްއިން ކާމިޔާބުކުރީ ހީކުރި ވަރަށްވުރެ ފަސޭހަކޮށް ބޮޑު ތަފާތަކުން މޮޅުވެގެން ނެވެ.

ސޮކަރމޭޓްސްގެ އެޓޭކްތައް ހުއްޓުވުމުގައި ގްރާންޑޭއަށް ކާމިޔާބު ހޯދުނީ މެޗުގެ 10 ވަނަ މިނިޓާއި ހަމައަށެވެ. 11 ވަނަ މިނިޓްގައި ސޮކަރމޭޓްސްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިޝަތު ޝަހާ ޝަރީފް އެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ގްރާންޑޭއިން ލަނޑެއް ޖެހުމުގެ ކުރިން ސަމިއްޔާ ރަފާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރާނިޔާ އިބްރާހިމް ސޮކަރމޭޓްސްގެ ލީޑު ފުޅާކޮށްދިނެވެ. އަދި 18 ވަނަ މިނިޓްގައި އަކްކޮން އެރިކާ ސޮކަރމޭޓްސްގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އައިޝަތު ޝަހާ ޝަރީފް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސޮކަރމޭޓްސްގެ ހަތަރުވަނަ ލަނޑު ނިޔަމަ ސެސިލިއާ ކާމިޔާބުކޮށްދިންއިރު، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ދެވަނަ ލަނޑެއް ވެސް ކާމިޔާބުކޮށްފަ އެވެ.

މިވެސް ކިޔާލަން:  ދެވަނަ މެޗުން ނިއު ވެސް މޮޅުވެއްޖެ

ދެވަނަ ހާފުގައި ވެސް މެޗު ލީޑުކުރީ ސޮކަރމޭޓްސް އެވެ. މި ހާފުގައި އެ ޓީމުން އިތުރު ހަތަރު ލަނޑު ޖެހި އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ނިޔަމަ ސެސިލިއާ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، 40 ވަނަ މިނިޓްގައި ގްރާންޑޭ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަނެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ސޮކަރމޭޓްސްގެ ރާނިޔާ އިބްރާހިމް މެޗުގެ 50 ވަނަ މިނިޓާއި 54 ވަނަ މިނިޓްގައި ކާމިޔާބުކުރި ދެ ލަނޑާއިއެކު އޭނާ ވެސް ވަނީ މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

9-0 އިން މޯލްޑިވްސް ސޮކަރމޭޓްސް ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ނިޔަމަ ސެސިލިއާ އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފެށޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ދަ ގްރާންޑޭ އާއި ނިއުރޭޑިއަންޓް ބައްދަލުކުރާއިރު، އެރޭ މާޒިޔާ އާއި ސޮކަރމޭޓްސް ބައްދަލުކުރާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top