ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްރުކް ޚާންގެ “ޑެޑީ ކޫލް” ލަވަ އާންމުކޮށްފި
ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި ކަރީނާ ކަޕޫރު ޚާން، 15 އަހަރަށްފަހު އެކުގައި ކުޅުނު ފުރަތަމަ ލަވަ “ޑެޑީ ކޫލް” އާންމުކޮށްފިއެވެ.

މިއީ މަޝްހޫރު މިއުޒިކް ގްރޫޕް “ބޮނީ އެމް” ގެ މަޤުބޫލު ލަވަ “ޑެޑީ ކޫލް” އާ ގޮތަކަށް ތައްޔާރުކޮށް ނެރެފައިވާ ވާޝަނެކެވެ. ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވަ ކިޔާފައިވަނީ އަރިޖީތު ސިންގް އަދި ޝިލްޕާ ރާއޯ އެވެ. މި ލަވައިގެ ހިންދީ ޅެން ކުމާރު ލިޔެދީފައިވާއިރު، ކޮރިއޯގްރަފީ ހަދާފައިވަނީ ވައިބަވީ މާޗަންޓެވެ. މި ލަވައިން ޝާހްރުކް އަދި ކަރީނާގެ ފުރިހަމަ ކެމިސްޓްރީއާއި ހިތްގައިމު ނެށުންތައް ވަނީ ފެނިގެން ގޮސްފައެވެ.

ޝާހްރުކް އަދި ކަރީނާ އެންމެ ފަހުން އެކުގައި ސްކްރީނުން ފެނިފައިވަނީ 2011 ވަނަ އަހަރު ނެރުނު ސައިންސް ފިކްޝަން ފިލްމު “ރާ.ވަން” އިންނެވެ. އޭގެ 15 އަހަރު ފަހުން މި ދެ ތަރިން އަލުން އެކުގައި ފެނުމުން ގިނަ ސަޕޯޓަރުންނަށް ވަނީ ބޮޑު އުފަލެއް ލިބިގެން ގޮސްފައެވެ.

ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ “ކިންގް” ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު 2026 ގައެވެ. މި ފިލްމުގައި ޝާހްރުކް ފެންނާނީ އިސްތަށިގަނޑު ނުރަކޮށް، ތަޖުރިބާކާރު އަދި ނުރައްކާތެރި ދުނިޔެއެއްގައި އުޅޭ މީހެއްގެ ރޯލުންނެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަމިއްލަ ހިތާމައަކަށް ބަދަލުހިފަން މަސައްކަތްކުރާ ޒުވާން އަންހެން ކުއްޖަކަށް އޭނާ އެހީތެރިވެދޭ ގޮތުގެ މައްޗަށެވެ.

މި ފިލްމަކީ ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް ތަޢާރަފުވާ ފުރަތަމަ ފިލްމުވެސް މެއެވެ.ސލ މީގެ އިތުރުން ފިލްމުގެ ކާސްޓުންގެ ތެރޭގައި އަބީޝެކް ބައްޗަން، ދީޕިކާ ޕަޑުކޯން، އަނިލް ކަޕޫރު، ރާނީ މުކަރްޖީ، ޖައިދީޕް އަހްލާވަތު، ޖެކީ ޝްރޮފް، އަރުޝަދު ވަރްސީ އަދި ރާގަވް ޖުޔާލް ހިމެނެއެވެ.

މިވެސް ކިޔާލަން:  "ޖީ ލޭ ޒަރާ" ފަށަން ފަރުހާން ކެތް މަދުވެފައި

މި ފިލްމު ރިލީޒްކުރުމުގެ ކުރިން މީގެ ކުރިންވެސް ވަނީ އަރިޖީތު ސިންގް، އެޑް ޝީރަން އަދި މަދޫބަންތީ ބަގްޗީ ކިޔާފައިވާ “ތޫ މިލް ޖާއޭ” ނަމަކަށް ކިޔާ ލަވައެއް އާންމުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top