ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަވާޒުއްދީންގެ އާ ސީރީޒް “ޑރ. ހަސަން” ގެ ޓްރެއިލާ ދައްކާލައިފި
ގޫގުލް

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީޤީ މައި ރޯލުން ފެނިގެންދާ އާ ވެބް ސީރީޒް “ޑރ. ހަސަން” ގެ ރަސްމީ ޓްރެއިލާ ބުރާސްފަތި ދުވަހު އާންމުކޮށްފިއެވެ. މަޝްހޫރު ބަތަލާ ދިޔާ މިރުޒާވެސް މުހިންމު ރޯލަކުން ފެންނަ މި ސީރީޒް ސްޓްރީމްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖިއޯހޮޓްސްޓާ މެދުވެރިކޮށެވެ.

މި ސީރީޒްގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ސިއްޙީ ދާއިރާގެ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ، ނަމަވެސް މިޒާޖުގެ ގޮތުން އެހެން މީހުންނާ ގުޅެން އުނދަގޫ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަސަން (ނަވާޒުއްދީން ސިއްދީޤީ) ގެ މައްޗަށެވެ. އޭނާއަކީ އެހެން މީހުންނަށް ފާހަގަނުކުރެވޭ ފަދަ ނާދިރު ބަލިތައް ދެނެގަތުމުގައި އަރާހުރި މޮޅު މީހެކެވެ. އެހެންނަމަވެސް، އޭނާގެ ހަރުކަށި ބަސްމަގާއި، ކަންކަމުގައި ފަސްޖެހުމެއް ނެތި ވާހަކަދެއްކުމުގެ ސަބަބުން ހޮސްޕިޓަލުގެ ޓީމުގެ ތެރޭގައި އޭނާއަކީ މާ މަޤުބޫލު މީހެއް ނޫނެވެ. މި ސީރީޒްގައި އޭނާއާ އެންމެ ގިނައިން ޚިޔާލު ތަފާތުވުންތައް އުފެދެނީ ހޮސްޕިޓަލުގެ ސީއެމްއޯ އަދި އޭނާގެ ކުރީގެ ކްލާސްމޭޓެއް ކަމަށްވާ ޑރ. ޕަލަކް (ދިޔާ މިރުޒާ) އާއެވެ. ޑރ. ޕަލަކްއަކީ ޑރ. ހަސަންގެ ހުނަރުވެރިކަން އެހެން ހުރިހާ އެންމެންނަށްވުރެ ރަނގަޅަށް ދަންނަ ފަރާތެކެވެ.

“ޑރ. ހަސަން” އަކީ ޑޭވިޑް ޝޯ އުފައްދައި، މަޝްހޫރު އެކްޓަރު ހިއު ލޯރީ ލީޑް ރޯލު ކުޅެފައިވާ ކާމިޔާބު އިނގިރޭސި ސީރީޒް “ހައުސް”ގެ އެޑެޕްޓޭޝަނެކެވެ. 2004 އިން 2012 އަށް 8 ސީޒަނަށް ދެއްކި އެ ސީރީޒަކީ ފަސް ޕްރައިމްޓައިމް އެމީ އެވޯޑާއި ދެ ގޯލްޑަން ގްލޯބް އެވޯޑް ހިމެނޭހެން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މަޤުބޫލު ސީރީޒެކެވެ.

މިވެސް ކިޔާލަން:  ސުޕަމޭންގެ ކެރެކްޓާ ޖިމީ އޮލްސެންއަށް ޚާއްސަކޮށް އާ ސީރީޒެއް އުފައްދަނީ

ރޯހަން ސިއްޕީ ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ ވިނޭ ޗަވަލް އަދި ކޭތަން ޕެޑްގާއޮންކަރެވެ. އަދި ސީރީޒްގެ ޑައިލޮގްތައް ލިޔެފައިވަނީ ވިރާތު ބަސޯޔާއެވެ.

މި ސީރީޒާ ގުޅޭގޮތުން ވާހަކަދައްކަމުން ނަވާޒުއްދީން ބުނީ، “ޑރ. ހަސަންގެ ކެރެކްޓާ ޝައުޤުވެރިވާ މައިގަނޑު ސަބަބަކީ އޭނާއަކީ އެހެން މީހުންގެ ރުހުން ހޯދަން މަސައްކަތްކުރާ މީހަކަށް ނުވުން. އޭނާ މުޅިންވެސް ސަމާލުކަން ދެނީ އޭނާއާ ހަވާލުވާ ބަލިމީހުންގެ ކޭސްތަކަށް. އަދި އެހެން ހުރިހާ ކަމަކީ އޭނާއަށް ދެވަނަ ދަރަޖައިގެ ކަންކަން. އެކްޓަރެއްގެ ހައިސިއްޔަތުން މިފަދަ ތަފާތު މިޒާޖުތައް ހުންނަ ކެރެކްޓާއެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.” ކަމަށެވެ.

މީގެ އިތުރުން، މި ސީރީޒްގައި ކުޅެފައިވާ ރޯލާ ބެހޭގޮތުން ބަތަލާ ދިޔާ މިރުޒާވެސް ވަނީ އޭނާގެ ކެރެކްޓާއަކީ ހޮސްޕިޓަލުގެ މަސްލަހަތު ހިފަހައްޓަމުން ޑރ. ހަސަންގެ މޮޅު ހުނަރުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މަސައްކަތްކުރާ ހަރުދަނާ ޝަޚްސިއްޔަތެއް ކަމަށް ފާހަގަކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top