ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސުޕަމޭންގެ ކެރެކްޓާ ޖިމީ އޮލްސެންއަށް ޚާއްސަކޮށް އާ ސީރީޒެއް އުފައްދަނީ
ގޫގަލް

ޑީސީ ޔުނިވަރސް (ޑީސީޔޫ) ގެ މަޝްހޫރު ކެރެކްޓާ ސުޕަމޭންގެ ވާހަކަތަކުން ފެންނަ ޑެއިލީ ޕްލެނެޓްގެ ފޮޓޯގްރާފަރު ޖިމީ އޮލްސެންގެ މައްޗަށް ބިނާކޮށް އާ ސީރީޒެއް އުފެއްދުމަށް އެޗްބީއޯ މެކްސްއިން ރަސްމީކޮށް ހުއްދަ ދީފިއެވެ.

“ދަ ޕީޕަލް ވާސަސް ގޮރިއްލާ ގްރޮޑް” ގެ ނަމުގައި އުފައްދާ މި ސީރީޒަކީ ޖުމްލަ 8 އެޕިސޯޑުގެ މައްޗަށް އެކުލެވޭ “މޮކިއުމެންޓަރީ” ސްޓައިލްގެ ކޮމެޑީ ސީރީޒެކެވެ. ޑީސީ ޔުނިވަރސްގެ އެހެން އުފެއްދުންތަކާ ޚިލާފަށް މަޖާ އަދި ލުއިގޮތަކަށް ގެނެސްދޭ މި ސީރީޒްގައި ދައްކުވައިދޭނީ މެޓްރޯޕޮލިސްގެ އެންމެ މަޝްހޫރު މަރުގެ މައްސަލައެއްގައި، އާދަޔާ ޚިލާފު ވިސްނުމެއް ލިބިފައިވާ “ގޮރިއްލާ ގްރޮޑް” ޖަލަށްލީ ނުޙައްޤުންތޯ ބެލުމަށް ޖިމީ އޮލްސެން ކުރާ ތަހުޤީޤުތަކެވެ.

މި ސީރީޒްގައި ޖިމީ އޮލްސެންގެ ރޯލު ކުޅޭނީ 2025 ވަނަ އަހަރު ނުކުތް “ސުޕަމޭން” ފިލްމުގައިވެސް އެ ބައި އަދާކުރި ސްކައިލަރ ގިސޮންޑޯއެވެ. އަދި ގޮރިއްލާ ގްރޮޑްގެ ކެރެކްޓާ އަދާކުރާނީ ޖިމީ ޓެޓްރޯއެވެ. މީގެ އިތުރުން ސްޓީވް ލޮމްބާޑްގެ ރޯލުން ބެކް ބެނެޓް، ކެޓް ގްރާންޓްގެ ރޯލުން މިކައެލާ ހޫވަރ އަދި ޕެރީ ވައިޓްގެ ރޯލުން ވެންޑެލް ޕިއަރސް ފެނިގެންދާނެއެވެ. ސީރީޒްގެ އެހެނިހެން ރޯލުތަކުން މޭރީ ހޮލެންޑް، އެޑުއާޑޯ ފްރެންކޯ، އަރިއަން މޮއަޔެދް، ޑޭން ޕެރޯލްޓް، އެންޑްރޫ ލީޑްސް އަދި ޓިމް ބޯލްޓްޒް ފަދަ ތަރިން ފެންނާނެއެވެ.

މި ސީރީޒް އުފައްދައި، ޝޯރަނަރުންގެ ގޮތުގައި މަސައްކަތްކުރަނީ މަޝްހޫރު ސީރީޒް “އެމެރިކަން ވެންޑަލް” އުފެއްދި ޑޭން ޕެރޯލްޓް އަދި ޓޯނީ ޔަސެންޑާއެވެ.

މިވެސް ކިޔާލަން:  އައްލޫ އަރުޖުންގެ އާ ފިލްމު "ރާކާ"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

މި އާ ޕްރޮޖެކްޓާ ގުޅޭގޮތުން ޑީސީ ސްޓޫޑިއޯސްގެ އިސްވެރިން ކަމަށްވާ ޖޭމްސް ގަން އަދި ޕީޓަރ ސަފްރާން ބުނެފައިވަނީ، ސްކައިލަރގެ މޮޅު އެކްޓިންގ އަދި ޑެއިލީ ޕްލެނެޓްގެ ކާސްޓުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން، “ސުޕަމޭން” ފިލްމަށްފަހު މިއީ ބެލުންތެރިންނަށް ޝައުޤުވެރި ދުނިޔެއެއް ހުޅުވައިދޭނެ ސީރީޒަކަށް ވާނެކަން އެނގުނު ކަމަށެވެ. އަދި ޑޭން ޕެރޯލްޓް އަދި ޓޯނީ ޔަސެންޑާއާއެކު މަސައްކަތްކޮށް، ޑީސީ ޔުނިވަރސްގެ މަޖާ އަދި ތަފާތު ދިމާތައް ބެލުންތެރިންނަށް ގެނެސްދިނުމަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށްވެސް އެ ދެބޭފުޅުން ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top