ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ޑްރާމާ “ތެރޭ މެރޭ ދަރްމިޔާން” ފަށަނީ
ގޫގުލް

ޕާކިސްތާން ޑްރާމާ ސިލްސިލާ “ތެރޭ މެރޭ ދަރްމިޔާން” ފަށަން ތައްޔާރުވެއްޖެއެވެ.

މިރްޒާ ޒައިން ބޭގް އާއި ހީރާ ޚާން ލީޑް ރޯލުތަކުން ފެނިގެންދާ މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އަރީޖް މުޙްޔުއްދީން، އުމައިރު އާލަމް، ހާރޫން ޝާހިދު، ހުމާ ނަވާބް، އައިޝާ ޚާން، މަހާމް ނަޤްވީ، އަދުނާން ޖީލާނީ، ހީނާ ރިޒްވީ، މަރިޔަމް ތިވާނާ އަދި ޚިޒްރު ނާރޫ ފަދަ ކުޅަދާނަ އެތައް ތަރިންނެއް ހިމެނެއެވެ.

“ތެރޭ މެރޭ ދަރްމިޔާން” ގެ ވާހަކަ ބިނާކޮށްފައިވަނީ ލޯތްބާއި، އިތުބާރާއި، ގުޅުންތަކުގެ އިތުރުން ތަޤުދީރުގެ ގޮތްނޭނގޭ ނިޔާތަކުގެ މައްޗަށެވެ. މި ޑްރާމާގެ ޓީޒާތަކުން ފެނިގެންދާ ގޮތުގައި، މައިގަނޑު ސުވާލަކީ ލޯތްބަކީ މީހަކު ހޯދުންތޯ ނުވަތަ މީހަކު ގެއްލުންތޯއެވެ. މީގެ އިތުރުން ހާމަނުކުރެވި ހުންނަ ހަޤީޤަތްތަކާއި، އިޙުސާސީ ހައިޖާނުތަކުގެ އިތުރުން ދިރިއުޅުމަށް އަންނަ ކުއްލި ބަދަލުތައް މި ސިލްސިލާއިން ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ.

ސުހައިލް ޔޫނުސްގެ ސްކްރިޕްޓަކަށް ޝާރިޤް ޔޫސުފް ތާރާ ޑައިރެކްޓްކޮށްފައިވާ މި ޑްރާމާ ޕްރޮޑިއުސްކޮށްފައިވަނީ ބީޖޭ ޕްރޮޑަކްޝަންސް އަދި އެމްޑީ ޕްރޮޑަކްޝަންސް ގުޅިގެންނެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ 30 ގައި ދައްކަން ފަށާ “ތެރޭ މެރޭ ދަރްމިޔާން” ދެއްކުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް، ރޭގަނޑު 9:00 ގައި ހަމް ޓީވީއިންނެވެ. މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

މިވެސް ކިޔާލަން:  އަލުން އެކުގައި: ހަމްޒާ އާއި ސެހެރްގެ "މުނައްވަރާ ކާ ޚާދިމް" ގެ ޓީޒަރުން ބެލުންތެރިން ސިއްސުވާލައިފި!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top