ނިމިދިޔަ ރިޔާސީ އިންތިޚާބު ދުވަސްވަރާއި އަދި މިހާރުވެސް އިވެމުން، ފެންނަމުން އަންނަ ރީތި ލަވައެއް ކަމަށްވާ ‘މަރުހަބާ، މަރުހަބާ، މަރުހަބާ، މަރުހަބާ’، ލަވައިގެ ހިތްގައިމު ރާގު އަޑުއިވުމުން މިއީ ކޮންމެވެސް ތަނަކުން، ކޮންމެވެސް ދުވަހަކު އަޑުއިވިފައި ރާގެކޭ ހިތަށްއެރިއެވެ. ލަވަ އަޑުއިވޭ ހަމަ ކޮންމެ ފަހަރަކުވެސް އެލަވައެއް ހަނދާންވާނެ ނަމައޭ އަބަދުވެސް ހިތަށް އަރަމުންދިޔައެވެ. ވިސްނަމުން ދަނިކޮށް ކުއްލިއަކަށް ހަނދާންވީ އަވަށްޓެރި މަލިކުގެ މަތިންނެވެ. އާނއެކެވެ. އެއީ މަލިކުގެ ހިތްގައިމު ލަވައެއްގެ ރާގެކެވެ.
މީގެ ދެއަހަރު ކުރިން، މަލިކުގެ ޒުވާން އަންހެންކުދިންތަކެއް ނަށާފައިވާ ބަނޑިޔާ ލަވައެއް ފެނުނު ހަނދާންވެގެން އަނެއްކާވެސް، އެލަވަ ފެނޭތޯ މަސައްކަތް ފެށީމެވެ. އިންޑިޔާގެ ކެރެލާ ސްޓޭޓް ސަރުކާރުން އެތަނުގެ ސްކޫލްތަކުގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ‘ސްކޫލް އާޓްސް ފެސްޓިވަލް’ ގެ ތެރެއިން ފެނުނީ ‘ބަނޑިޔާ، ކަލޯލްސާވަމް، ލަކްޝަދްވީޕް’ ގެ ނަމުގައި ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ ލަވައެކެވެ. ލަވަ ޕްލޭކޮށްލުމާއެކު އިވެންފެށި ‘މަރްޙަބާ، މަރްހަބާ، މަރްހަބާ، މަރްހަބާ’ އެވެ. ރާގަކީ އިންތިޚާބްގައި ބޭނުންކުރަމުން އައި ލަވައިގެ ހިތްގައިމު ރާގެވެ.
މި ހިތްގައިމު ލަވަ މުނިއަވަސް ގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި