މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސްގެ ”ލެވިޓޭޝަން“ ގެ ވަރަށް ހާއްސަ ޝޯއެއް ފަސީ އާއެކު މާދަމާރޭ (ހުކުރު ދުވަހުގެ ރޭ) ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިއުޒިޝަން އަހުމަދު ފަސީހު (ފަސީ) އާ އެކު މި ޝޯ އޮންނާނީ ހުކުރު ދުވަހުގެ ރޭ ސީ ހައުސް ރެސްޓޯރަންޓްގަ އެވެ.
ހަބޭސް އިން ބުނީ ހުކުރު ދުވަހުގެ ރޭ 8:00 ން 11:00 އަށް ކުރިއަށްގެންދާ ޝޯ ގައި ރާއްޖޭގެ ލިޖެންޑަރީ މިއުޒީޝަން ފަސީ ޕާފޯމް ކުރާނެ ކަމަށެވެ.
މި ޝޯގައި ލެވިޓޭޝަންގެ ލީޑް ލަވަކިޔުންތެރިޔާ ހަސަން ތޮލާގާއި މިހާރު ހަބޭސްގައި ހަރަކާތްތެރިވާ މޯލްޑިވިއަން އައިޑޮލް އިން ވިދައިލި ލަވަކިޔުންތެރިޔާ އިބްރާހީމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތަކެއް ފެނިގެން ދާނެ އެވެ.
މި ޝޯ ބަލައިލުމަށް ޢާއްމުކޮށް ވަނީ ފުރުޞަތު ހުޅުވައިލެވިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




