”ޓޭސްޓް އޮފް އިޓަލީ“ ގެ ނަމުގައި އިޓާލިއަން ރެސްޓޯރެންޓެއް މާލޭގައި ރޭ ހުޅުވައިފި އެވެ. މި ރެސްޓޯރެންޓް ހުޅުވައިދެއްވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި އިންތިޚާބީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
ކެނެރީމަގު، ސައިރިކްސް ކޮލެޖު ކުރިމަތީގައި ހުޅުވި މި ރެސްޓޯރެންޓަކީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބައިސަން ކުންފުނިން ކޮށްފައިވާ އިންވެސްޓެމެންޓެކެވެ. ރެސްޓޯރެންޓް ”ސޮފްޓް އޯޕަނިން“ އެއްގެ ގޮތުގައި ރޭ ހުޅުވިނަމަވެސް ކަސްޓަމަރުންނަށް ރަސްމީކޮށް ރެސްޓޯރެންޓް ހުޅުވާލާނީ ހުކުރު ދުވަހު އެވެ.
މި ރެސްޓޯރެންޓުން އިޓަލީގެ މީރު ޕާސްތާ އާއި އިޓަލިއަން ޕިއްޒާ ލިބޭ ގޮތަށް ހުޅުވި މި ރެސްޓޯރެންޓް ޚާއްސަ ވެގެންދާނީ އިޓަލީގެ ރަހަތައް ދިވެހިންނަށް ގެނެސްދޭނެ ތަނަކަށެވެ. މިތަނުގެ އެންމެ ހާއްސަ އެއް ކަމަކީ ޕިއްޒާ އެވެ. މި ރެސްޓޯރެންޓުގައި ޕިއްޒާ ފިހަނީ އިޓަލީ އިން އެކަމަށް ހާއްސަކޮށް ގެނެސްފައިވާ ލަކުޑި އަންދައިގެންނެވެ. މިއީ އިޓަލިއަން ޕިއްޒާ ފިހާ ގޮތެވެ. އަދި މި ރެސްޓޯރެންޓުގެ ހެޑް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކޮކޫން މޯލްޑިވްސްގެ ކޯޕަރޭޓް އެގްޒެކެޓިވް ޝެފް އިޓަލީގެ ކޮވާންނީ އެވެ.
”ޓޭސްޓް އޮފް އިޓަލީ“ ގެ އިންޓީރިއޯ ތައްޔާރުކޮށްފައިވަނީ އިޓަލީގެ ނަން މަޝްހޫރު ރެސްޓޯރެންޓް ތައް ހުންނަ ގޮތަށް، އެފަދަ އިޙްސާސެއް ކުރެވޭ ގޮތަށްކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




