‘މަންތާ އެއަރ’ އިން އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓު ގަނެ، އަންނަ މަހު އުދުހުންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މަންތާ އެއަރ އިން ދެ މަތިންދާބޯޓް ގަނެފައިވަނީ ‘ނޯރޑިކް އޭވިއޭޝަން ކެޕިޓަލް’ (އެންއޭސީ) އިން ކަމަށް މަންތާ އެއަރ އިން ބުނެއެވެ.
މަންތާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް ކުރުމަށް ތައްޔާރުވަމުން އަންނަ އެއަރލައިން އެކެވެ. މަންތާ އެއަރގެ އަމާޒަކީ ދަތުރުވެރިންނަށް ހިތްހަމަޖެހުމާއި ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދަތުރުތައް ކުރުން ކަމަށް މަންތާ އެއަރ ގެ ޗީފް އޮޕަރޭޝަންސް އޮފިސަރ އެޑްވަރޑް އަލްފޯރޑް ވިދާޅުވިއެވެ.
ރާއްޖޭގެ މަހުޖަނުން ތަކެއް މުގުލުގައި ތިބި މަންތާ އެއަރ އިން ގަތް އޭޓީއާރް މަރުކާރުގެ ފުރަތަމަ ބޯޓް ރާއްޖެ ގެންނަނީ އަންނަ މަހު އެވެ. އަދި ދެވަނަ ބޯޓު ގެންނަނީ އަހަރު ނިމުމުގެ ކުރިންނެވެ. އަދި އެއާލައިނުން ފުރަތަމަ ދަތުރު ފަށަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށެވެ.
މަންތާ އެއަރ އިން ގެންނަ އޭޓީއާރް އަކީ ޓާބޯޕްރޮޕް ކެބިން އެއް ހުންނަ ބޯޓެކެވެ. ޑޭޝް އަށެއްގެ މަތިންދާ ބޯޓްތަކުކަށްވުރެން ޖާގައިގެ ގޮތުން ތަނަވަސް ބޯޓެކެވެ. މިއީ ކުރު ދަތުރުތަކަށް ވަރަށް އެކަށޭނަ، ޚަރަދުކުޑަ ބޯޓެކެވެ. އެހެންކަމުން ކުދިކުދި ރަންވޭތަކަށް ޖައްސައި ފުރުމުގައި ވަރަށް ފަސޭހަވާނެކަމަށް ‘ނޯރޑިކް އޭވިއޭޝަން ކެޕިޓަލް’ (އެންއޭސީ)ގެ ޗެއަރމަން މާޓިން މޯލަރ ބުނެއެވެ.
މަންތާ އެއަރ އިން ރާއްޖޭގައި ދަތުރު ފަށަނީ 72 މީހުންގެ ޖާގައިގެ އޭޓީއާރް 600-72 ގަޔާއި 16 ގޮނޑީގެ ހަތަރު ސީޕްލޭންއާ އެކުގަ އެވެ.
މަންތާ އެއާ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ރިއޯލޯ އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. ރިއޯލޯ އަކީ ޔުނިވާސަލް އެއް ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުން ސަންޖޭ މަނިކު ހިއްސާވާ ކުންފުންޏެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!