ވިނައިލް ސްޓޫޑިއޯ އިން އުފައްދާ މުހައްމަދު ޝަރީފް ޑައިރެކްޓްކޮށްފައިވާ ފިލްމު “ބާކީވެފާ” ގެ ތިންވަނަ ޓީޒާ ޓްރެއިލާ އެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.
“ބާކީވެފާ” އަކީ މުހައްމަދު ޝަރީފްގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑު ބަތަލާއެއްގެ ރޯލުން ފެންނަނީ މަރިޔަމް އަފީފާ އެވެ. ބަތަލްގެ ރޯލުން މުޅިން އަައު ފިރިހެން ތަރިއެއް ފެންނާނެ އިރު މަރިޔަމް ޝަހުޒާ އާއި ފައުޒިއްޔާ ހަސަން ވެސް ފިލްމުން ފެންނާނެ އެވެ.
“ބާކީވެފާ” ގެ ފޭސްބްކް ޕޭޖަށް އަޕްލޯޑްކޮށްފައިވާ މި ޓީޒާ އިން ފެނިގެންދަނީ ލޯތްބާއި ހިތާމައިގައި އުޅޭ ބައެއްގެ ދިރިއުޅުމުގެ ބައެއް މަންޒަރުތަކެކެވެ.
“ބާކީވެފާ” އަކީ މި އަހަަރު ސްކްރީނަށް ގެންނާނެ ކަމަށް ކުރިން ބުނި ފިލްމެކެވެ. ނަމަވެސް ފޭސްބްކް ޕޭޖްގައި ބުނެފައިވަނީ ‘ކަމިން ސޫން’ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލު
