މަޝްހޫރު ފިލްމީތަރި ފާތިމަތު އާޒިފާ (އަޒޫ) ބަލިވެއިންކަން ސައީދު ކަށަވަރުކޮށްދީފިއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޖޯޑު ފާތިމަތު އާޒިފާ (އަޒޫ)އާއި އަހުމަދު ސައީދަށް އަލަތު ދަރިފުޅެއް ލިބެންއުޅޭ ޚަބަރު ލިބުމުން ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.
އަޒޫ ބަލިވެއިންކަން މުނިއަވަސް އަށް ކަށަވަރުކޮށްދެމުން ސައީދު ބުނީ، އަޒޫގެ ބަނޑަށް ހަތަރު މަސް ފުރިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން އިންސްޓަގްރާމްގައި އަޒޫ ޕޯސްޓުކުރި ފޮޓޯއިން ވެސް އޭނާ ބަނޑުބޮޑުކަން ހާމަވެއެވެ. ސައީދު ބުނީ، ދެމަފިރިންވެސް ވަރަށް އުފަލުން ތިބި ކަމަށާއި ކޮންމެ ޖިންސެއްގެ ކުއްޖެއް ލިބުނަސް ހަމަ އެންމެ ރަނގަޅު ކަމަށެވެ. ނަމަވެސް އަޒޫ އަންހެން ކުއްޖަކަށް އުންމީދުކޮށްގެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ސައީދު މީގެ ކުރިން ކައިވެންޏެއް ކޮށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ހުރެއެވެ. އަޒޫގެ ކައިވެންޏަކީ އޭނާގެ އަލަތު ކައިވެންޏެވެ. ފިލްމީ ދާއިރާގެ ވަރަށް ލޯބިން އުޅޭ މި ޖޯޑުގެ ކައިވެންޏަށް ދެ އަހަރު ފުރި ދުވަސްތައް ގުނަމުން އަންނައިރު ސައީދުގެ ދަރިންނާ ވެސް އަޒޫ ވަރަށް ބޮޑަށް ގުޅެއެވެ.
އަޒޫ ބަލިވެއިންކަން މީގެ މަހެއްހައި ދުވަސްކުރިންވެސް މުނިއަވަސް އަށް އެނގިފައިވެއެވެ. ސައީދާއި އަޒޫގެ މި އުފަލުގައި މުނިއަސް އިން މަރުޙަބާ ކިޔަމެވެ. ދުޢާ އަކީ ދުޅަހެޔޮކަމާއެކު ދުވަސްތައް ވޭތިވެ ޞިއްހަތު ރަނގަޅު ލޯބިލޯބި ދަރިފުޅެއް މި ދެމަފިރިންނަށް މިންވަރުކުރެއްވުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




