އަލަނާސި އަޅައިގެން ހަދާފައި ހުންނަ ޕިއްޒާ ކެއުމަށް ކަމުނުދާ މީހުން ތޫނުފިލިކަމަށް، ވަކިފަރާތަކަށް ނުޖެހޭ ސައިންސްވެރިންތަކެއް ކޮށްފައިވާ ދިރާސާއަކުން ދައްކައިފިއެވެ.
އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކެއުމަށް އެދޭ މީހުންގެ އައިކިޔު (ތޫނުފިލިކަމުގެ ނިސްބަތް ރަމްޒުކޮށްދޭ އަދަދު) ދަށްކަމަށް މި ދިރާސާއިން ދައްކައެވެ. މި ދިރާސާ ކޮށްފައިވަނީ އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކެއުމާއި ގަޔާނުވާ ހަވާއީ ގެ ސައިންސްވެރިން ތަކެކެވެ.
މި ދިރާސީއިން ދެއްކި ނަތީޖާއަކީ ވަރަށް ބޮޑަށް ހައިރާންކަން ގެނުވި ނަތީޖާއެކެވެ. އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކެއުމަށް ނޭދޭ މީހުންނަކީ އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކެއުމަށް އެދޭ މީހުންނަށްވުރެން މާބޮޑަށް ތޫނުފިލި ބައެއްކަން ދިރާސާއިން ދެއްކިއެވެ. މި ދިރާސާގައި 72.5 އިންސައްތަ މީހުންނަކީ އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކެއުމަށް އެދޭ މީހުންނެވެ. އެމީހުންގެ އައިކިޔު ހުރީ 100 އަށްވުރެން ދަށުގައެވެ.
މިކަން މިހެން މިދިމާވަނީ ކީއްވެގެން ކަމާއިމެދު ސައިންސްވެރިން ވަނީ ވިސްނާން ފަށާފައެވެ. ގަޅިކަމެއް ހުރުމަކީ އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކާހިތްވާ ކަމަކީބާވައެވެ؟ ނުވަތަ އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކެއުމުން މީހުން ގަޅިވަނީ ބާވައެވެ؟
ސައިންސްވެރިންނަށް މިކަމުގައި ވަކިގޮތެއް އަދި މިހައިތަނަށް ނިންމިފައެއް ނުވެއެވެ. ނަމަވެސް މިހައިތަނަށް ކުރެވުނު ދިރާސާތަކުގެ ނަތީޖާގެ އަލީގައި ދައްކަނީ އަލަނާސި އަޅާފައި ހުންނަ ޕިއްޒާ ކެއުމުން މީހުން ގަޅިވަނީ ކަމަށެވެ.
ސައިންސްވެރިން ވަރަށް ތަފާތު ވައްތަރުގެ ދިރާސާތައް އަބަދުވެސް އަންނަނީ ކުރަމުންނެވެ. ބައެއް ދިރާސާތަކުގެ މަޢުލޫމާތު ކިޔައިލުމުން ހިނި އަންނަގޮތްވެސް ވެއެވެ. އަނެއްބައި ދިރާސާތައް ކިޔައިލުމުން އިތުރު ހައިރާން ކަމެއް ލިބިގެންދެއެވެ. ފަހަރެއްގައި މިއީ އެފަދަ ދިރާސާ އަކަށްވެސް ވެދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!