ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ހ.ޕްރިޓީ ވިލާ، މުޙައްމަދު ޝަމީމް ޢައްޔަންކުރައްވައިފިއެވެ.
މިމަޤާމަށް ޝަމީމް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލަފާފުޅުގެ މަތީން ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. މުޙައްމަދު ޝަމީމަކީ ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަމީމަކީ ވީޓީވީ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވައި އެތަނުގައި އިސްމަޤާމުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީޑިއާ ކޮންސަލްޓެންޓް ޝަމީމް އަކީ ޗެނަލް 13 ގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަމީމް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަންކުރައްވާފައިވާއިރު، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު އައްޔަން ކުރައްވައިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
ޕީއެސްއެމްގެ ގަވަރނިންގ ބޯޑު ހިމެނެނީ 5 މެންބަރުންގެ މައްޗަށެވެ.
