ސެލެބްރިޓީން ޗުއްޓީ ހޭދަކޮށްލުމަށް ދިވެހިރާއްޖެ އަކީ މަޤްބޫލު މަންޒިލަކަށް ވެފައިވާއިރު އާ އަހަރާއި ދިމާކޮށްބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ނެޓްފްލިކްސް އިން މިދިޔަ ޖޫން މަހު ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު “ލަސްޓް ސްޓޯރީސް” ގައި ކަރަން ޖޯހަރު ޑައިރެކްޓްރި ސެގްމަންޓްގެ ބަތަލާ މިވަގުތު ރާއްޖޭގައި ހުރީ ކޮން ރިޒޯޓެއްގައި ކަމެއް ނޭނގެއެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ކިއާރާ ރާއްޖެ އައި އިރު އޭނާ މިހާރު އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޝާހިދު ކަޕޫރާ އެކު ކޫޅޭ “ކަބީރު ސިންގް” އާއި އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖާ އެކު ކުޅޭ “ގުޑް ނިއުސް” ގެ އިތުރުން އަބީޝެކް ވަރުމަންގެ ބޮޑު ކާސްޓް ހިމެނޭ ފިލްމު “ކަލަންކް” އެވެ.
ފިލްމު ފަގްލީ (2014) އިން ބޮލީވުޑަށް ތައާރަފުވި 26 އަހަރުގެ ކިއާރާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި އައްބާސް މަސްތާންގެ “މެޝިން” އާއި ސުޝާންތު ރާޖްޕޫތާ އެކު ކުޅުނު “އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ” ހިމެނެ އެވެ.
ކިއާރާ އަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ ބަތަލާއެއްގެ ގޮތުގަ އެވެ.
