ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަރިޖީތު ސިންގް އެނބުރި އަންނަ ލަވަ މާދަމާ ނެރެނީ
ފޮޓޯ: ގޫގަލް

ޕްލޭބެކް ސިންގިންއިން ރިޓަޔަރ ކުރިކަން އިޢުލާނުކޮށްފައިވާ، ވޭތުވެދިޔަ 12 ވަރަކަށް އަހަރު އިންޑިއާގައި އެންމެ މަޝްހޫރުވި ފިރިހެން ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އަލުން އެނބުރި އައިސްފިއެވެ. އޭނާ އެނބުރި މިއައީ ވިޝޭޝް ބަޓްގެ ފިލްމު “އާވާރަޕަން 2” ގެ “ޔޭ އާވާރަޕަން” ކިޔައިދިނުމަށެވެ.

ޕިންކްވިލާއިން އެކްސްކްލޫސިވްކޮށް ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ލަވަ މާދަމާ، ޖުލައި 21 ގައި ހުރިހާ މިއުޒިކް ޕްލެޓްފޯމްތަކެއްގައި ރިލީޒްކުރާނެއެވެ. އަމާލް މަލިކް މިއުޒިކް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ލިޔެފައިވަނީ ރަޝްމީ ވިރާގްއެވެ.

ވިޝޭޝް ފިލްމްސް އާއި އަރިޖީތު ސިންގްއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. މީގެ 15 އަހަރު ކުރިން އަރިޖީތަށް ފުރަތަމަ ފުރުސަތު ދިނީ ވެސް ވިޝޭޝް ފިލްމްސްގެ “މާޑަރ 2” އިންނެވެ. އޭގެ ފަހުން “އާޝިގީ 2” ގެ “ތުމް ހީ ހޯ” އާއި “ސިޓީލައިޓްސް” ގެ “މުސްކުރާނޭ ކީ ވަޖާ” ފަދަ އެތައް މަޤުބޫލު ލަވަތަކެއް މި ޕްރޮޑަކްޝަން ހައުސްއާއެކު އޭނާ ވަނީ ގެނެސްދީފައެވެ.

“އާވާރަޕަން 2” އަކީ ނިތިން ކައްކަރް ޑައިރެކްޓްކޮށް، ވިޝޭޝް ބަޓް ޕްރޮޑިއުސްކުރާ ފިލްމެކެވެ. އިމްރާން ހާޝްމީއާއެކު ދީޝާ ޕަޓާނީ އަދި ޝަބާނާ އަޒްމީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އަންނާނީ 14 އޯގަސްޓް 2026 ގައެވެ.

މި ލަވައަކީ ފިލްމުގެ މައިގަނޑު ޝަޚްސިއްޔަތު، ޝިވަމް ޕަންޑިތުގެ ދުނިޔެ ސިފަކޮށްދޭ، ފިލްމުގެ ފުރާނަފަދަ ލަވައެއް ކަމަށް ޚަބަރުތައް ބުނެއެވެ. އަރިޖީތުގެ އަޑުން މި ލަވަ އަޑުއަހާލުމަށް އިންތިޒާރުކުރާ ފޭނުންނަށް މިއީ އުފާވެރި ޚަބަރެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top