ހދ. ނައިވާދޫ ގޮނޑުދޮށަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ލައްގައިފިއެވެ.
ލައްގާފައިވާ ހަށިގަނޑު ފެނުނީ އެރަށު ދޯނިފަހަރު އެހެލާ ސަރަހައްދުގެ ދެކުނު ފަރާތުންނެވެ. ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ.
ފުލުހުން ބުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނައިވާދޫ އަށް ލައްގައިފައިވާ ކަމުގެ މައުލޫމަތު 12:00 ގައި ލިބިފައިވާ ކަމަށާއި އެ ހަށިގަނޑު އޮތީ ބޭރުފުށުން ވަރަށް ބޮޑަަށް ހަލާކުވެފަކަމަށެވެ. އެރަށަށް ލައްގައިފައިވަނީ ބެލެވޭ ގޮތުގައި އަންހެނެއްގެ ހަށިގަނޑެއް ކަމަށެވެ.
މިހާރު އެރަށު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށާއި ފުލުހުންގެ އިތުރު ޓީމެއް ކުޅުދުއްފުށިން އެ ރަށަށް މިހާރު ދަތުރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ޚިޔާލު
