މި ދުވަސްވަރު، އެއާޕޯޓަށް ބާރު ބޮޑުވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެ އެއާޕޯޓުން އިލްތިމާސް ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ އަދާހަމައެއްގައި ބުނީ، އެއާޕޯޓުން ފުރާ ފަރާތްތަށް ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އިލްތިމާސް ކުރަނީ މި ދުވަސްވަރު، އެއާޕޯޓަށް ބާރު ބޮޑުވުމުގެ ސަބަބުން ފްލައިޓްތަށް ލަސްވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

މިދުވަސްވަރަކީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް ޖައްސަމުން އަންނަ ދުވަސްވަރެކެވެ. މީގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ޗުއްޓީއަށް އަންނަ އަދި ފުރާ ޕެސެންޖަރުންގެ ބާރުވެސް ވަނީ ބޮޑުވެފަ އެވެ.
ކިޔުންތެރިންގެ ޚިޔާލު
