ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖަމިއްޔާތަކުގެ ބެލެނިވެރިކަން ޔޫތު މިނިސްޓްރީގެ ދަށަށް

ހޯމް މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުގެ ދަށަށް ބަދަލު ކޮށްފި އެވެ.

 

މި ގެނައި ބަދަލާއި ގުޅިގެން ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވާލުމާއި ޖަމިއްޔާތައް ރެގިއުލޭޓް ކުރަމުގެ މަސައްކަތްތައް ދެން ކުރަމުން ގެންދާނީ ޔޫތު މިނިސްޓްރީންނެވެ.

 

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ ޖަމިއްޔާތަކާ ގުޅޭ ހުރިހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ގުޅޭ މަސައްކަތްތައް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ދަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ މަސައްކަތްތައް ކުރާނީ އެ މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top