ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ ލަވަ ކިއުމުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ފައިނަލުން ދެވަނަ ރަނަރއަޕްގެ މަޤާމު ލިބުނު ޝަމްވީލް މުހައްމަދު ގެ ފުރަތަމަ އޮރިޖިނަލް ލަވަ “އޮޑިދީލާ” ގެ ޓީޒަރ ނެރެފިއެވެ.
ދެވަނަ ސީޒަންގައި އެންމެ ގަދައަށް ވިދާލި ޝަމްވީލް ބުނީ މިމަހުގެ 10 ވަނަ ދުވަހު އޭނާގެ އަމިއްލަ އުފެއްދުން، “އޮޑިދީލާ” ރިލީޒްކުރާނެ ކަމަށެވެ. ލަވަ ރިލީޒްކުރުމަށް ނިންމާފައިވަނީ ލަވަފޮށްޓަށެވެ.
ރާއްޖޭގެ މީޑިއާއަކަށް މިދިޔަ އަހަރު ޖޫންމަހު ޝަމްވީލް ބުނީ އޭނާ އަދާކުރަމުންދާ ވަޒީފާގެ ސަބަބުން މިއުޒިކާ ކުޑަކޮށް ދުރު ނަމަވެސް އަމިއްލަ ލަވައެއްގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
Heres my upcoming first original song Odidheela teaser from album Soru – Releasing on 10th January and will be available from @lavafoshi #AlbumSoru #Odidheela pic.twitter.com/acwIHENIZO
— Shamveel (@shamveelmohamed) January 7, 2019
މިދިޔަ އަހަރު ޝަމްވީލްގެ އަމާޒު ހިފައިފައިހުރީ “ސޮރު” އަލްބަމްގެ “އޮޑިދީލާ” ލަވައިގެ ވީޑިއޯ އަދި ރާގުގެ މަސައްކަތް ނިންމާލުމަށްފަހު 2018ގެ މެދުތެރެއަށް ލަވަ ނިންމުމަށެވެ. 2018 ގައި ލަވަ ނުނިމުނަސް މިހާރު ޝަމްވީލް އެއޮތީ ލަވަ ރިލީޒްކުރާނެ ތާރީޚާއި އެކުގައި ލަވައިގެ ހިތްގައިމު ޓީޒަރ އޯޑިއޯއެއް ދޫކޮށްލާފައެވެ.
