ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓެކްސީތަކުގައި މީޓަރު ހަރުކޮށް، ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުކުރަނީ

ސިނަމާލެ ބްރިޖް ހުރަސްކޮށް ސައިކަލް ދުއްވާ މީހުން ހެލްމެޓް އަޅަން މަޖުބޫރުކުރުމަށާއި، ޓެކްސީ ތަކުގައި މީޓަރު ހަރުކުރާގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

 

ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވީ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ބްރިޖް މަތީގައި ދުއްވާ ފަރާތްތައް ހެލްމެޓް ބޭނުންކުރަން މަޖުބޫރުކުރަން ނިންމަވާފައިވާކަމަށެވެ.

 

އެގޮތުން އަންނަ މާރޗް މަހުގެ 10ވަަނ ދުވަހުން ފެށިގެން ބްރިޖް މަތިން ދަތުރުކުރާ ފަރާތްތައް ހެލްމެޓްއަޅަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ޓެކްސީތަކުގެ އަގުތަކާއި ޚިދުމަތްތަކާއި ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންގެ ޚިޔާލު ހޯދަމުން އަންނައިރު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓްރީން ވަނީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ޓެކްސީ ޚިދުމަތުގައި ދިމާވާ ދަަތިތަކާއި ޚިދުމަތް ހޯދުމުގައި ޢާންމުންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާތީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ނިންމާފައިވާކަމަށެވެ.

 

މިނިސްޓަރު އިތުރަށް ވިދާޅުވީ ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާގޮތަށް ބަދަލުކުރަނީ އެޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށްފަހު ކަމަށެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top