މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ ލ. މަތިމަރަދޫ ސިނާއީ ސަރަޙައްދުގައި ބަނގުރާ އުފައްދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 03:15 ހާއިރު ހިންގި\އޮޕަރޭޝަނެއްގައި، އެސަރަޙައްދުގެ ފަޅު ގެއެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މިމައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ލ.ގަން ޕޮލިސްސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ޚިޔާލު
