އިންޑިޔާގައި އަންހެނުން ދުއްވާ، އަންހެނުން އުފުލުމަށް ޚާއްޞަ ފިޔާތޮށި ޓެކްސީގެ ޚިދުމަތް ތަޢާރަފުކޮށްފި އެވެ.
އިންޑިޔާގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ބެންގަލޫރަށް ކަނބަލުން ދަތުރުފަތުރު ކުރުމަށް ފަސޭހަ އަދި އެހާމެ އެކަށީގެންވާ ގޮތެއް މިވަނީ ތަޢާރަފު ކޮށްފައެވެ.
“ގޯ ޕިންކް ކެބްސް” ގެ ނަމުގައި ތަޢާރަފު ކުރެވުނު މި ޚިދުމަތަކީ އަޖުމަބެލުމަށް ކުރަން ފަށާފައިވާ ކަމެކެވެ. އަންހެން ޑްރައިވަރުންނާއެކު 10 ޓެކްސީއަކުން ޚިދުމަތްދޭން މިހާރު ވަނީ ފަށާފައެވެ.
ތަންކޮޅެއް ބޮޑު އަގަކާއިއެކު މި ޚިދުމަތް ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރު ލިބެން ހުރެއެވެ.
މިއީ އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންގެ ރައްކާތެރިކަމަށްޓަކައި އިންޑިޔާގައި އެޅުނު ރަނގަޅު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ޚިޔާލު
