މާލެ އަތޮޅު ދިއްފުށްޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ފިލިޕީންސްގެ ދެ ފަތުރުވެރިން ގެނބިގެން މަރުވެއްޖެ އެވެ. ކ.ދިއްފުއްޓާއި މީރު ފެންފުއްޓާއި ދެމެދަށް މޫދަށް އެރި އުޅުމުގެ ތެރޭގައި މަރުވީ ފިލިޕީންސް ފިރިހެނަކާއި އަންހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށެވެ.
ފުލުހުން ބުނީ ދެ ފަތުރުވެރިން މަރުވެގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:56 ކަންހައި އިރު ކަމަށެވެ.
ދެ ފަތުރުވެރިން ދިއްފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ. މިހާރު އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޚިޔާލު
