ބްރޯޑްވޭގެ ތަޖުރިބާކާރު އެކްޓްރެސް ކެރޮލް ޗެނިން މިއަދު މަރުވެއްޖެއެވެ.
ކެރޮލް ގެ ޒަމާންވީ ޕަބްލިސިސްޓް ހާލަން ބޯލް ބުނީ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ކެރޮލް ނިޔާވިއިރު އުމުރަކީ 97 އަހަރު ކަމަށެވެ.
ކެރޮލް ޗެނިން ބޮޑަށް މަޝްހޫރުވީ މިއުޒިކަލް އެއްކަމަށްވާ “ޖެންޓްލްމެން ޕްރެފަރސް ބްލޮންޑްސް” ގައި އޭނާ ކުޅެފައިވާ ލޮރެލެއި ލީ ގެ ރޯލާއި “ހެލޯ ޑޮލީ” ގައި ކުޅެފައިވާ ޑޮލީ ލެވީ ގެ ރޯލުންނެވެ.
ބޯލް ނެރުނު ބަޔާނެއްގައި ބުނީ އިންޑަސްޓްރީ އަގުހުރި ތަރިއެއް ގެއްލިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ފުން ހިތާމައެއް ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލު
