ބޭރު ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް މަސްހުނިކޮށްގެން ވާހަކަ ދެއްކުމާ ދިވެހީން ދެކޮޅުވާން ޖެހެއެވެ. ދިވެހީންގެ މާދަރީ ބަހުން ބުނެވޭން އޮންނަ ލަފުޒުތައް ލަފުޒެއް ނުވަތަ ލަފުޒުތަކެއް ބޭރު ކަރަކަރައިގެ ބަހަކުން ބުނުމުގެ މާނައެއް ނެތެވެ.
އެހެންކަމުން، ބޭރު ބަހަކުން ބުނުމުގެ ބަދަލުގައި ދިވެހީންގެ މާދަރީ ބަހުން ބުނެވޭން ހުންނަ ލަފުޒުތައް ބޭނުންކޮށް އުޅުން އާދައަކަށް ހަދާން އެބަޖެހެއެވެ. ދިވެހިބަހާއި ޤައުމިއްޔަތުގެ ޙައްޤު ގައެވެ.
މުނިއަވަސް އިން ފަށާފައިވާ މި ސިލްސިލާގައި އަނެއްކާވެސް އެހާ އާއްމު ނޫން ލަފުޒު ތަކެއް ގެނެސްދޭނަމެވެ. މިއީ ދިވެހިބަހުގެ އެކެޑަމީން ނެރެމުން އަންނަ ބަސްކާޑުތަކާއި ބަސްތޫރަ ތައް އާއްމުކުރުމަށް ކުުރިޔަށް ގެންދާ ބައެކެވެ.
- ޕެވިލިއަން އަށް ފަވީލާ
- ރިންގް ރޯޑަށް ވަށަމަގު
- އޮޑިޝަން އަށް ހޮވެލި
- ވަރޗުއަލް އަށް ދާދިވަރު
ކިޔުންތެރިންގެ ޚިޔާލު




