ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެ “ފޮނަދޫ ބަހުރުވައިން” ވާހަކަދައްކާ ވީޑިއޯކޮޅެއް!

މިއަހަރުގެ މާދަރީ ބަހުގެ ދުވަހަށް ޚާއްޞަކޮށްގެން ދިވެހިބަހުގެ އެކެޑަމީން ދިވެހި ބަހުރުވަތަކަށް ޚާއްސަ ފަސް ޓެގެއް ތަޢާރަފް ކޮށްފައިވާއިރު، އޭގެ ތެރެއިން ލ. އަތޮޅު ބަހުރުވައަށް ޚާއްޞަކޮށްފައި #ރަށުބަހަ ހޭޝްޓެގާއި އެކުގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ)، “ފޮނަދޫ ބަހުރުވައިން” ވާހަކަދައްކާ ވީޑިއޯކޮޅެއް މުނިއަވަސް އިން ވާނީ ޓްވިޓަރުގައި އާއްމުކޮށްފައެވެ.

ޔޫއްޕެގެ ވީޑިއޯގައި ފޮނަދޫ ބަހުރުވައިން ބުނަނީ: “އަހަރިން ބައިވެރިވާން. އިބޭންނަށްވެސް ބައިވެރިވެވީދާޅަ” (އަހަރެން ބައިވެރިވާނަން، ތިބޭފުޅުންނަށްވެސް ބައިވެރިވެވިދާނެ) މިހެންނެވެ. މިއީ ލ. ފޮނަދޫ ބަރާސިލު އަވަށު ރައްޔިތުން، އެ އަވަށުގައި ޕްރީސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު، އެކަމަށް ރައްޔިތުންގެ ތަރުހީބު އިތުރު ކުރުމުގެ ގޮތުން ތައްޔާރުކުރެވުނު އިޝްތިހާރެއްގެ ޝޫޓިން އެއްގެ ތަންކޮޅެކެވެ.

އިޖްތިމާޢީ ބޭނުމަކަށް ތައްޔާރުކުރާ އިޝްތިހާރެއްކަމުން މި އިޝްތިހާރު، ޔޫއްޕެ ކުޅެދިނީ އެއްވެސް އަގަކާއި ނުލައި ހިލޭ ސާބަހަށެވެ. ޕްރޮފެޝަނަލް ތަރިއަކާއިއެކުގައި މަސައްކަތް ކޮށްފައިނުވާ، ފިލްމާއި ވީޑިއޯ އުފެއްދުމުގެ ޝައުގުގައި މަސައްކަތްކުރާ ބަޔަކާއި އެކުގައެވެ.

އަހަރުތަކެއް ފަހުން، މި ވީޑިއޯ އާއްމުކޮށްފައި މިވަނީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ހޭޝްޓެގަކާއިއެކުގައި ޔޫއްޕެ ލ. އަތޮޅު ފޮނަދޫ ބަހުރުވައިން ވާހަކަދައްކާ ވީޑިއޯކޮޅެއް އާއްމުކޮށްލުމުގެ ނިޔަތުގައެވެ. މި ވީޑިއޯކޮޅަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ނުހާ7 އަހަރު ކުރިން

އެހެން ރަށްރަށު ބަސްވެސް ގެނެސްދީބަލަ

އަލީ7 އަހަރު ކުރިން

ޔޫއްޕެ ވެސް ގަދަ ތަޅޭ

Home
Menu
Search
Back to top