މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗްރަލް އެފެއާޒް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންޓިކުއިޓީސް އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ އޭޕްރިލް 20 ން 27 ށް ބޭއްވުމަށް ހަމަޖެހިފައިވާ 07 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވުމުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އެ ފުރުޞަތު ހުޅުވާލައިފި އެވެ.
އެންސީއޭއިން ބުނީ މި މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 13 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށް ކަމަށެވެ. ބައިވެރިވާ ގްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ފެސްޓިވަލް އިންތިޒާމުކުރައްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށް އަންގާފައިވާކަމަށް ވެސް އެންސީއޭއިން ބުނެއެވެ.
ފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްގެ އިންޓަރނޭޝަނަލް އެއަރފެއަރ އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕަކުން ކަމަށްވެސް އެންސީއޭ އިން ބުނެއެވެ.
މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 17 މާޗް 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލް ހުށަހެޅުއްވުމަށް އެދެއެވެ.
07 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސް ގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމްއެންސީއޭގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
އެންސީއޭ އިން ބުނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3344667 އަށް ގުޅައިގެން ކުރިއަށްގެންދިއުމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި