އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން އާއި މާސްކޭގެ ”އަނދިރިކަން“ ފިލްމުގެ ޝޫޓިން މ. މަޑުއްވަރީގައި ފަށައިގެން ބާރު ސްޕީޑްގައި ކުރިއަށް އެބަގެންދެއެވެ.
ސީޒަންގެ ފިލްމު ކުންފުނި ’އެސް ޕްރޮޑަކްޝަންސް‘ އާއި އެވޯޑު ހޯދާފައިވާ ޒުވާން ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ ’މާސްކޭ ސްޓޫޑިއޯ‘ ގުޅިގެން ހަދާ ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ފުރީ މިމަހު 20ވީ އަންގާރަ ދުވަހު އެވެ.
އުފެއްދުންތެރި ސްކްރީން ރައިޓަރ އަހުމަދު ޒަރީރުގެ ސްކްރިޕްޓަކަށް ހަދާ ”އަނދިރިކަން“ ގެ ލީޑް ރޯލުން ފެނިގެން ދާނީ ސީޒަނާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާބެ) ހިމެނެ އެވެ.
”އަނދިރިކަން“ ޑައިރެކްޓް ކުރަނީ ސީޒަން އެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ.
ފިލްމު ރިލީޒްކުރާނެ ތާރީޚެއް މިވަގުތު ހާމަކޮށްފައި ނެތަސް، މި ފިލްމަކީ މިއަހަރު ރިލީޒްކުރާނެ ފިލްމެއްކަމަށް ސީޒަން މުނިއަވަސް އަށް ބުންޏެވެ. ސީޒަން ބުނީ މިއީ އާއިލީ ޑްރާމާއެއް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.
ސީޒަން ޑައިރެކްޓްކޮށް އުފައްދާފައިވާ ސިންގަޅަ ފިލްމު ”ކައުޝީ“ގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ގޮސްފައިވާއިރު، މިވަގުތު ބައިސްކޯފުގައި ސީޒަންގެ ވެބް ސީރީޒް ”ޔެސް ސަރ“ ކާމިޔާބުކަމާއެކު ދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ނިމިދިޔަ ސާކް ފިލްމު ފެސްޓިވަލްގައި ސީޒަންގެ ކުރުފިލްމެއްކަމަށްވާ ”ސޯލް“ ވެސް ރިލީޒްކޮށްފައިވެއެވެ.
އާއިލީ ޑްރާމާ ސްޓައިލަށް ސީޒަން އެންމެ ފަހުން ޑައިރެކްޓްކޮށް ނެރެފައިވަނީ 2016 ގައި ރިލީޒްކުރި ”ވަފާތެރި ކެހިވެރިޔާ“ އެވެ. މި ފިލްމަކީ ދިވެހި ފިލްމު އޯޑިއަންސް ބަލައިގެންފައިވާ ރީތި ފިލްމެކެވެ.
”އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




