ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ހަދަމުން އަންނަ އިމާރާތެއްގެ ނުވަވަނ ފަންގިފިލާއިން ވެއްޓި ޗައިނާ މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން ހަދަމުންއަންނަ ހަ ވަނަ ޓަވަރުގެ އިމާރާތަކުން ވެއްޓި މަރުވީ ޗައިނާ މީހެއް ކަމަށެވެ. ފުލުހުން ބުނީ އެ މީހާ ވެއްޓުނީ ނުވަ ވަނަ ފަންގިފިލާއިން ދެ ވަނަ ފަންގިފިލާއަށް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
މަސައްކަތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ދަށްކޮށް ހުރުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ވޮޑަށް އިތުރުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ހަރުދަނާ އުސޫލުތަކެއް ހިމަނަައި، އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ޤަވާއިދެއް ވެސް ސަރުކާރުން ދާދި ފަހުން ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ ހޮނިހިރު ދުވަހު 8:29 ގައި ކަމަށެވެ.
މި ހާދިސާ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހިއްސާކޮށްފައި ނުވާތީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފްލެޓްތަކަކީ 25 ބުރީގެ ޓަވަރުތަކެކެވެ. އެތަން ތަރައްގީކުރަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




