ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކާކު؟”ގެ ފުރަތަމަ ޓީޒާ ވަރަށް ބިރުވެރި!

‘އެމްއީ’ ޕްރޮޑަކްޝަނުން ޑައިރެކްޓަރ/ޕްރޮޑިއުސަރ މުހައްމަދު އަބޫބަކުރު (މާއެނބޫ) ތައްޔަރުކުރާ ބިރުވެރި ފިލްމު ”ކާކު؟“ގެ ފުރަތަމަ ޓީޒާ މިއަދު ނެރެފިއެވެ

މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމު “ކާކު؟” އިން ފެނިގެންދާނީ ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ކަމަށް ފިލްމުގެ ސިނޮޕްސިސް ބުނެއެވެ.

މަޝްހޫރު ތަރިންތަކެއް ހަރަކާތްތެރިވާ “ކާކު؟”ގެ ފުރަތަމ ޓީޒާއިން ބިރުވެރި އެތަކެއް މަންޒަރުތަކެއް ފެނިގެންދެއެވެ. މި ފިލްމުގައި މަޝްހޫރު އެތައް ތަރިންތަކެއް ހަރަކާތްތެރިވެއެވެ.

”ކާކު؟“ ގެ ކާސްޓަށް ބަލައިލާއިރު، ފިލްމު ”އެ ދަތުރު“ އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި އިރްފާނާ އިބްރާހީމް (އިރޫ) ހިމެނެވެ. އިރުފާނާ އަކީ މިމަހު ފަސްވަނަ ދުވަހު ރިލީޒް ކުރާ ”ފޯޓީ ޕްލަސް“ ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.

https://www.facebook.com/kaakuthemovie/videos/2204188229636062/?v=2204188229636062

”ކާކު؟“ ގެ ވަރަށް ހާއްސަ ރޯލަކުން ’އެއްގާގަނޑުން ޖަހައި ދެދޫނީ މަރައިލާ‘ ހާމިދު އަލީ ވެސް ފެނިގެން ދާނެ އެވެ. މައިގަނޑު ކާސްޓުންގެ އިތުރަށް ކުޅުުއްފުށީ ބައެއް މީހުންވެސް ފިލްމުގައި ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެ އެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ފިލްމަކީ ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. “ކާކު؟” ފިލްމުގެ ޑަބިން އަދި އެޑިޓިން ވެސް ނިމުމަކާ ކައިރިވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

“ކާކު؟” ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރު އެވެ. ނަމަވެސް ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top