ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެ އިޝްތިހާރު ކުރުމަށް އިކުއެޓިކް ވައިބްގެ ޚާއްސަ ލަވައެއް!

އައިޓީބީގެ ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް މަޝްހޫރު މިއުޒިކް ބޭންޑް އިކުއެޓިކް ވައިބް ބޭންޑުން “މަގޭ ރާއްޖެ”ގެ ނަމުގައި ޚާއްސަ ލަވައެއް ލޯންޗުކޮށްފިއެވެ.

އިކުއެޓިކް ވައިބްގެ މިއުޒިކަށް އަމިއްލަ ރާގަކަށް ހަދާފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ޝަންމޫން މުޙައްމަދުއެވެ. މި ލައިވައިން ރާއްޖޭގެ ޙަޤީޤީ ރީތިކަން ފެނިގެންދަނީ ފުރިހަމަ ޅެންވެރިކަމާއި ގްރެފައިޓް އައިލެންޑް ގެެ ވީޑިއޯ މަސައްކަތުންނެވެ.

“މަގޭ ރާއްޖެ” ލަވައިގެ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ އައްޑޫ ސިޓީ އާއި އއ. އަތޮޅުގެ އިތުރުން ހއ. އަތޮޅުގައެވެ.

ޖަރުމަނުވިލާތުގެ ބާލިން ގައި ކުރިއަށްދާ އައިޓީބީ ފެއަރ އަށް ޒިޔާރަތްކުރި ގިނަ ބަޔަކަށް މި ލަވަ ކަމުގޮސްފައިވާއިރު ލަވައިގެ މަސައްކަތް އެއްކޮށް ނިންމާލުމަށްޓަކައި ތިން މަސް ހޭދަވި ކަމަށް އެ ބޭންޑުން ބުނެއެވެ.

މި ލަވައިގައި ބޮޑަށް ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުގެ ހިތްގައިމު ރީތި މަންޒަރުތަކެވެ. ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކާއި ރަށްތަކުގެ ފަޅާއި ފަރުގެ ދިރުން މި ލަވައިން ވަރަށް ބޮޑަށް ފެނިގެންދެއެވެ.

އިކުއެޓިކް ވައިބް ބޭންޑަކީ މީގެ ކުރިން ވެސް އައިޓީބީ ފެއަރގައި ރާއްޖެ ތަމްސީލު ކޮށްފައިވާ ބޭންޑެކެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނޭއިރު ބޭންޑު އުފައްދާފައި ވަނީ 2010 ވަނަ އަހަރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top