ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެގަހިޓް ފިލްމު “ފޯޓީ ޕްލަސް”ގެ ހައުސްފުލް 10 ވަނަ މިރޭ

“ނޯޓީ ފޯޓީ” އާއި “ބައިވެރިޔާ” ފަދަ މަޤްބޫލު ކޮމެޑީ ފިލްމު އުފެއްދި ޓީމުން އުފައްދައި މިމަހު ފަސްވަނަ ދުވަހު ދައްކަންފެށި ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް”ގެ ހައުސްފުލް 10 ވަނަ ޝޯ މިރޭ ދެއްކުމަށް ތައްޔާރުވެއްޖެ އެވެ.

“ފޯޓީ ޕްލަސް”ގެ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް މިއަދު މުނިއަވަސް އަށް ބުނީ ފިލްމުގެ ހައުސްފުލް 09 ޝޯ އޮލިމްޕަހުގައި ދައްކާފައިވާއިރު މިރޭ ދައްކާނީ 10 ވަނަ ޝޯ ކަމަށެވެ.

އަހަރުގެ ބޮޑުފިލްމު ‘މެގަހިޓަކަށް’ ވެފައިވާއިރު ޝަފީޤް ބުނީ އަތޮޅު ތެރޭގެ ރަށްރަށުގައި ފިލްމު ދެއްކުމަށް ވަރަށް ބޮޑު ޑިމާންޑެއް ކުރަމުން އަންނަކަމަށާއި ނަމަވެސް ފިލްމު ދެއްކުމަށް ރަށްރަށަށް ފޮނުވާނެ މީހުން މަދުވުމުން ރަށްރަށުން އެދެމުންދާ މިންވަރަށް ހަމަޖެހެމުން ނުދާކަމަށެވެ. އެހެންނަމަވެސް “ފޯޓީ ޕްލަސް”ގެ ޓީމުން ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ފިލްމު ދެއްކުމަށް ތިބީ ތައްޔާރަށެވެ.

https://www.facebook.com/notea4t/videos/654819761619733/

ފިލްމުގެ ޓީމުން ބުނީ “ނޯޓީ ފޯޓީ” އަތޮޅު ތެރޭގެ ރަށްރަށުގައި ދައްކަމުން ދަނިކޮށް އެ ފިލްމު ލީކްވެފައިވާތީ މިފަހަރު، ރިސްކެއް ނަގަން ބޭނުންނުވާކަމަށެވެ. އެހެންކަމުން ރަށްރަށުގައި ފިލްމު އެޅުވުމަށް ދިއުމަށް ހަމަޖައްސާފައިވަނީ ފިލްމުގެ ތަރިންނާއި ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ މީހުންކަމަށްވެސް ބުނެއެވެ.

ކޮމެޑީ ފިލްމުން ދިވެހި ފިލްމީ އޯޑިއަންސް ހެއްވައިލުމަށް އެންމެ ކުޅަދާނަ ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ މިހާރު ދައްކަމުން އަންނަ ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” މިރޭ ނައިފަރުގައި ވެސް އަޅުވާނެ އެވެ. ނައިފަރުގައި ފިލްމު ދައްކާނީ އެރަށު މަލްޓިޕޯޕޯސް ބިލްޑިންގްގައެވެ. ނައިފަރަށް ފިލްމު ހިފައިގެން ދިޔައީ ފިލްމުގައި މޮޅު އެކްޓިންއެއް ދައްކާފައިވާ މަޝްހޫރު އެކްޓަރ ފައިސަލް އެވެ.

“ފޯޓީ ޕްލަސް” މެގަހިޓަކަށް ވެފައިވާއިރު، އަހަރުގެ ބޮޑު ފިލްމުގެ ޝަރަފާއިއެކު އޯޑިއަންސް ހެއްވައިލާ ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ހޯދަމުންނެވެ.

“ފޯޓީ ޕްލަސް” ލިޔެ ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ އަދި ސްކްރީން ރައިޓައި ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ.

”ފޯޓީ ޕްލަސް“ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top