މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދައި މިއުޒިކީ ދުނިޔޭގައި ފިޔަޖަހަމުން އަންނަ ހަމޫދު އަޙްމަދާއި ހިޕްހޮޕް، ރެޕް އަދި ފްރީ ސްޓައިލްގެ މިއުޒިކާއި ލަވަތައް އުފައްދައި މިއުޒިކީ ރޮނގުން ކުރިއަރަމުން އަންނަ ‘ބްލޫބެރީ ވޯޓަރޒް’ ބޭންޑުން “ނުއެއް ވާނެ!”ގެ ނަމުގައި އުފައްދާފައިވާ ލަވަ ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.
މުނިއަވަސް އަށް އެނގިފައިވާ ގޮތުގައި “ނުއެއް ވާނެ” ރިލީޒް ކުރާނެ ތާރީޚެއް ކަނޑައެޅިފައި ނުވިޔަސް، މި ހަފުތާ ނުވަތަ އަންނަ ހަފުތާ ތެރޭގައި އެ ލަވަ ރިލީޒްކުރާނެ އެވެ.
“ނުއެއް ވާނެ” އަކީ ބްލޫބެރީ ވޯޓަރޒް އާއި ހަމޫދު ގުޅިގެން ނެރޭ ރެޕް ލަވައެކެވެ. ލަވައިގެ ރެޕް ބައި ހުށައަޅައިދެނީ ބްލޫބެރީ ވޯޓަރޒްގެ ރެޕާއިން ނެވެ. ލަވަ ކިޔާފައިވަނީ ހަމޫދު ކަމަށް މަޢުލޫމާތު ލިބެއެވެ.
ލަވަފޮށި އެޕްގައި ރިލީޒްކުރަން ނިންމާފައިވާ “ނުއެއް ވާނެ” ލަވައާ ގުޅޭ އިތުރު މަޢުލޫމާތެއް ހަމޫދު އަދި ބްލޫބެރީ ވޯޓަރޒްގެ ފަރާތުން ލިބިފައެއް ނުވެއެވެ.
ހަމޫދުގެ އާ ލަވަތަކެއް މިއަހަރު ފެނިގެންދާނެކަމަށް މީގެ ކުރިން މުނިއަވަސް އަށް އޭނާ ވަނީ ބުނެފައެވެ.
ބްލޫބެރީ ވޯޓަރޒް ގެ “އާނއެކޭ” ލަވަ މި މާރިޗްމަހު ރިލީޒްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި