ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަލައިގަންނާށޭ”- ހަމަ ކޮންމެހެންވެސް ބަލައިލަންޖެހޭ ޑްރާމާއެއް

ކޮންމެ އިންސާނަކީ އަނެއް އިންސާނާއާއި ތަފާތުކަމެއް ހުންނާނެ އިންސާނެކެވެ. ކޮންމެ ކުއްޖަކީ، ކޮންމެ ދަރިވަރަކީވެސް އަނެއް ކުއްޖާއާ ތަފާތުތަކެއް ހުންނާނެ ދަރިވަރެކެވެ. ނަމަވެސް ދަރިވަރުން މިންކުރުމުގައި އަޅުގަނޑުމެންނަށް އާއްމުގޮތެއްގައި ގެންގުޅެވެނީ އެއް ނާޅިއެކެވެ. އާދެ، އެއް މިންގަނޑެކެވެ. އަނެކާގެ ކިބައިގައި ހުރެދާނެ ތަފާތަކަށް ވިސްނުމެއް ނުބެހެއްޓެވެ.

އޯޓިޒަމް ކުދިންނަކީ ތަފާތު ކުދިންތަކެއްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ނަމަވެސް އެއީ ކޮންކަހަލަ ތަފާތުތަކެއްކަން ވިސްނައިނުލެވި ނުވަތަ އެނގިފައި ނެތުމުން، އޯޓިޒަމް ކުދިން، ނުވަތަ އެހެންވެސް ޙާލަތެއްގެ ސަބަބުން ދޭދޭ ކުދިންނާއި ތަފާތުތަކެއް ހުންނަ ކުދިންނަށް ހަޖޫ ޖަހައި، މަލާމާތްކޮށް އުޅުމުގެ އާދައަކީ މިއަދުވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ ނޭދެވޭ ކަމެކެވެ.

ސްކޫލް މަދަރުސާތަކުންވެސް މިދެންނެވި ޙާލަތު މިއަދުވެސް ފެންނަމުންދެއެވެ. ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިންގެ ކިބައިންވެސް މިފަދަ ކަންތައްތައް ފެންނަމުންދެއެވެ. ޢާއިލާ މެންބަރުންގެ ކިބައިންވެސް ފެންނަމުންދެއެވެ.

މި މަޢުޟޫގައި އަޅުގަނޑު އެހާގިނަ ވާހަކަތަކެއް ދައްކާކަށް ނެތީމެވެ. ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅެއް، ކޮންމެ ދަރިވަރެއްވެސް، ތަނެއްގައި ހަމަޖެހިވަޑައިގެން އިށީންނަވާށެވެ. އެއަށްފަހު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހުށައަޅައިދީފައިމިވާ ޢިބްރަތުގެ ޖަވާހިރު ހާރެއްފަދަ ސްޓޭޖް ތަމްސީލު ބައްލަވައިލައްވާށެވެ.

“ބަލައިގަންނާށޭ” މިއީ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިކޮނޮމިކްސް ޓީޗަރ ޢާލިމް މުޙައްމަދު އެކުލަވާލާފައިވާ ކޮންސެޕްޓެކެވެ. މިޑްރާމާ ގެނެސްދީފައިވަނީ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑްރީ ކުދިންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން މިފަދަ ކޮންސެޕްޓެއް އެކުލަވާލަން އާލިމަށްއެހާ ފަސޭހަވީ އޭނާގެ، 8 އަހަރުގެ ދަރިފުޅަކީ އޯޓިޒަމް ކުއްޖެއް ކަމަށް ވުމުން ކަމަށެވެ. އަދި މިޑްރާމާ ގެނެސްދިނުމުގައި އޭނާގެ ދަރިފުޅުގެ އުޅުމަށް ބަލައިގެން ވަރަށް ގިނަ ބައިތައް ހިމަނާފައިވެއެވެ. 

https://www.facebook.com/allalimus/videos/10156248843950496/UzpfSTY1MDY3NDI3ODI5NzYzODoyNTEwNzQ0MjMyMjkwNjI0/

ފޭސްބުކް މެދުވެރިކޮށް ގިނަ ފަރާތްތަކަށް މި މެސެޖް ފޯރުކޮށްދެވިފައިވާތީއާއި ގިނަ ބަޔަކު މިކަން ބަލައިގެންފައިވާތީ ވަރަށް އުފާކުރާ ކަމަށް އާލިމް ވިދާޅުވިއެވެ.

މިފަދަ އަގުހުރި ތަމްޞީލެއް ގެނެސްދެއްވިކަަމަށްޓަކައި މިކަމުގައި ޝާމިލުވާ އެންމެހައި ބޭފުޅުންނާއި ދަރިވަރުންނަށް ޝުކުރު ހައްޤެވެ. މިއީ ހަމަ ކޮންމެހެންވެސް ބަލައިލަންޖެހޭ ތަމްޞީލެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top