މާލޭގެ މަޝްހޫރު ޖިމްއެއް ކަމަށްވާ އެކްސްޓްރީމް އިމްޕީރިއަމްގެ ބްރޭންޑް އެމްބެސެޑަރަކަށް ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޢަލީ ސީޒަން އާއި މަޝްހޫރު މޮޑެލް ކައިޒީން ހަމަޖައްސައިފިއެވެ.
އެކްސްޓްރީމް އިމްޕީރިއަމްގެ ބްރޭންޑް އެމްބެސެޑަރަކަށް ސީޒަން ހަމަޖެއްސީ ސީޒަން އަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިއަކަށް ވުމާއި ވަރަށް ކުރިން ފެށިގެން އެކްސްޓްރީމް އިމްޕީރިއަމްގެ ކަސްޓަމަރަކަށް ވުމުން ކަމަށް އެތަނުގެ އޮފިޝަލެއް މުނިއަވަސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ކައިޒީން ހަމަޖެއްސީ އޭނާ އަކީ މަޝްހޫރު މޮޑެލް އެއްގެ އިތުރުން ސޯޝަލް މީޑީއާ ޕްލެޓްފޯމްގައި އެންމެ ފޭންބޭސް ބޮޑު އެކަކަށް ވުމުން ކަމަށެވެ.
މި ދެފަންނާނުން، އެކްސްޓްރީމް އިމްޕީރިއަމްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ މީގެ ދެ ހަފުތާ ކުރިންނެވެ.
ކިޔުންތެރިންގެ ޚިޔާލު
