ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން މިއަހަރު ޖޫންމަހުގެ ފަހުކޮޅު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ސާކް ކަލްޗަރަލް ފެސްޓިވަލް އޮން މިއުޒިކް އެންޑް ޑާންސް 2019“ ގައި ރާއްޖެއިން 06 މެމްބަރުންގެ ސަގާފީ މިއުޒިކާއި ނެށުން ހުށަހަޅައިދެވޭނެ ގްރޫޕެއް ބައިވެރިކުރުމުގެ ފުރުޞަތުވަނީ ލިބިފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހާމަކުރައްވައިފި އެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކޮށްފައިވާ އިޢުލާނުގައިވާގޮތުން މިކަމަށް ކުރިމަތިލާ ގްރޫޕުން ރާއްޖޭގެ ސަގާފީ މިއުޒިކާއި ލަވަކިއުން އަދި ނެށުން ހުށަހަޅާދެވެންވާނެއެވެ. މިފެސްޓިވަލްގައި ބައިވެރިވާ ބޭފުޅުންނަކީ ލަވަކިޔުމާއި ނެށުމުގެ ދާއިރާ އިން ފުންނާބު އުސް ބޭފުޅުންކަމުގައި ވާންޖެހޭނެކަމަށް ސާކް ސެކްރެޓޭރިއަޓް އިން ވަނީ އަންގަވާފައި ވާކަމަށް އެންސީއޭއިން ވިދާޅުވެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ކެއުން، އެކޮމަޑޭޝަނާއި ލޯކަލް ޓްރާސްޕޮޓޭޝަން ސާކް ސެކްރެޓޭރިއަޓުން ހަމަޖައްސަވައިދެއްވާނެއެވެ. ނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންކަމަށް އެންސީއޭއިން ހާމަކުރައްވައެވެ.
މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އަށް އެބޭފުޅެއްގެ މަޢުލޫމާތު (ނަން، މަޤާމް، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް، ފޮޓޯ އަދި ބައޮގްރަފީ) ފޮނުއްވުމަށް އެދެއެވެ.
މިފެސްޓިވަލްގެ ކޮންސެޕްޓް ނޯޓް އެންސީއޭގެ ވެބްސައިޓް www.nca.gov.mv އާއި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
މިކަމުގެ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3344667 ނަންބަރު ފޯނަށް ގުޅުއްވުމަށް އެންސީއޭ އިން އެދެއެވެ.
ފެސްޓިވަލްގައި ބައިވެރިވުމަށް 6 ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅުއްވާފައިވާނަމަ، ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތައް ހޮވޭނީ އޮޑިޝަނަކަށް ފަހުގައިކަމަށްވެސް އެންސީއޭގެ އިޢުލާނުގައި ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




