ވިލާ ކޮލެޖުގައި އާ ތިން ޕްރޮގްރާމެއް ލޯންޗުކޮށް އަންނަ މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ކޮލެޖުގެ ލ. ގަން ކެމްޕަހުން އޯޕަންޑޭ އެއް މިއަދާއި މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ވިލާކޮލެޖުން މިއަހަރު އަލަށް ފަށާ އެ ކޮލެޖުގެ ގަމު ކެމްޕަހުން ލ. ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާއި އެތަނުން ލިބެންހުރި ފުރުޞަތުތައް އޮޅުންފިލުވައިދިނުމަށް ލ. ގަމުގައި މިއަދު ހަވީރު 04:30 ން 06:30 އަށް ބާއްވާ އޯޕަންޑޭ އެއް ގަމު ތުނޑީ އަވަށުގައި ހުންނަ ކުރީގެ ތުނޑީ ސްކޫލުގައި ބާއްވާނެ ކަމަށް ލ. ގަން ކެމްޕަހުން ބުނެއެވެ.

މީގެ އިތުރުން ލ. ފޮނަދޫގައިވެސް ވިލާ ކޮލެޖް ލ. ގަން ކެމްޕަހުގެ އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އޯޕަންޑޭ އޮންނާނީ މާދަމާ ހަވީރު 04:30 ން 06:30 އަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ލ. ގަމާއި ފޮނަދޫގައި ވިލާ ކޮލެޖްގެ ގަން ކެމްޕަހުން ބާއްވާ އޯޕަންޑޭ ހަރަކާތުގައި ވިލާ ކޮލެޖު ގަމު ކެމްޕަހުން ކިޔެވެން ހުރި ކޯސްތަކާއިބެހޭ މަޢުލޫމާތު ދޭނެ އެވެ. މީގެ އިތުރުން ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ކޯސްތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުން ވަގުތުން ކުރިއަށްދާނެ ކަމަށްވެސް ގަމު ކެމްޕަހުން ބުނެއެވެ.

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ މައި ކެމްޕަހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޮލެޖުގެ ކެމްޕަސްތައް ހުރެ އެވެ. އެއީ ސ. ހިތަދޫ، ޅ. ނައިފަރު، ހދ. ކުޅުދުއްފުށީ ށ.ފުނަދޫ، ލ.ގަން އަދި އަދި އަދ. މަހިބަދޫ އެވެ. ކެމްޕަސް ނުހުންނަ ރަށްރަށުގައި ލާނިން ސެންޓަރުތައް ހަދައިގެން ވެސް ކޯސްތައް ކުރިއަށްގެންދެ އެވެ.

ލާނިން ސެންޓަރުތައް ހުންނަނީ ހއ. ހޯރަފުށި، ރ. އަލިފުށި، ރ. މާކުރަތު، ބ. އޭދަފުށި، އއ. އުކުޅަސް، އދ. މާމިނގިލި، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގއ. ވިލިނގިލި އަދި ގދ. ގައްދޫގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.