ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ވީޓީވީގެ އެންޓަޓެއިންމެންޓް ކޮންޓެންޓް އުފެއްދުމުގެ އެއްބަސްވުމެއްގައި “މީ ޕްރޮޑަކްޝަން” އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވީމީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު، އަހްމަދު އުމަރުއެވެ. މީ ޕްރޮޑަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮޑަކްޝަންގެ ވެރިޔާ އަހްމަދު އަބޫބަކުރު (މާއެނބޫ) އެވެ.
“ވީޓީވީއާ މީ ޕްރޮޑަކްޝަންއާ އެއްބަސްވުމެއްގަ މިއަދު މި ސޮއިކުރީ ވީޓީވީގެ މުނިފޫހިފިލުވުމުގެ ހުރިހާ ކަމެއް މީ ޕްރޮޑަކްޝަނުން ކުރާގޮތަށް. މިއަދުން ފެށިގެން ވީޓީވީގެ މުނިފޫހިފިލުވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ މީ ޕްރޮޑަކްޝަނުން.” ވީމީޑިއާއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތު ނިންމައިލުމަށް ފަހު އެކްޓަރ/ޑައިރެކްޓަރ އަދި މީ ޕްރޮޑަކްޝަންގެ ވެރިޔާ މުޙައްމަދު އަބޫބަކުރު (މާއެނބޫ) މުނިއަވަސްއާ ވާހަކަދައްކަމުން ހާމަކުރިއެވެ.
“މީ ޕްރޮޑަކްޝަންގެ ޓީމުގަ މި އުޅެނީ ‘ސޯލް ސީރީޒް’ އާ ‘ލައިޓްސް އައުޓް’ އާ. މި ތިން ސްޓޫޑިއޯ ހިމެނޭނެ މީ ޕްރޮޑަކްޝަންގަ. ސޯލް ސީރީޒް އަކީ އޯޑިއޯ ޕްރޮޑަކްޝަން ސްޓޫޑިއޯއެއް. އަޅުގަނޑުމެން ފުދޭވަރެއްގެ ބޮޑު ޓީމެއް އެއްކޮށް މަސައްކަތް މިކުރަނީ.” މާއެނބޫ ބުންޏެވެ.
“މީ ޕްރޮޑަކްޝަން” އިން އެންޓަޓެއިންމެންޓް ކޮންޓެންޓްތައް ވީޓީވީއަށް އުފައްދަމުން ދާނެކަމަށާ ރަމަޟާން މަހު ވީޓީވީން ދައްކާނެ ކޮންޓެންޓްވެސް ހަދާނީ މި މީ ޕްރޮޑަކްޝަން، ސޮލް ސީރީޒް އަދި ލައިޓްސް އައުޓުން ކަމަށްވެސް މާއެނބޫ ބުންޏެވެ.
ވީމީޑިއާ އާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހައި ފަރާތްތަކަށް ވެސް ފުރުޞަތު ދިނުމަކީ ވީމީޑިއާގެ މައިގަނޑު މަޤުޞަދެއް ކަމަށާ އެކަންކަން ކުރިއަށްދާނީ “މީ ޕްރޮޑަކްޝަން”ގެ ބެލުމުގެ ދަށުން ކަމަށްވެސް މާއެނބޫ ބުންޏެވެ.
އެއް އަހަރު ދުވަހުގެ މުއްދަތުގެ މި އެއްބަސްވުމުގެ ދަށުން ކޮންޓެންޓް އުފެއްދުމުގައި ވީޓީވީގެ ގައިޑްލައިނާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާގޮތަށް މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ މުނިފޫހިފިލުވައި ދިނުމުގެ ދާއިރާގެ އުފެއްދުންތައް ވީމީޑިއާއިން ދައްކާނެއެވެ.
މިއެއްބަސްވުމުގެ ދަށުން އުފައްދާ ޓީވީ ޕްރޮގްރާމުތަކާއި، ޑްރާމާ، ސީރީޒް ނުވަތަ ފިލްމު އުފައްދައިގެން ލިބޭ އާމްދަނީން ދެފަރާތުން އެއްބަސްވެފައިވާ ހިއްސާއެއް ވީ މީޑިއާއަށް ލިބޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!