އަލުވި ސަޓަނި ބޮމަކީ ވަރަށް މީރު ކާނާއެކެވެ. ޕާޓީ ތަކަށާއި ހަވީރު ސަޔަށް ވަރަށް ކަމުދާނެއެވެ. ރޯދަ ވީއްލާ ސުފުރާމައްޗަށް ތަފާތު ރަހައެއް ގެނައުމަށް މިއަދު އަލުވި ސަޓަނި ބޮން ތައްޔާރުކޮށްލުން ކިހިނެތްވާނެ ހެއްޔެވެ.

ބޭނުންވާނެ ތަކެތި:

– ½ ޖޯޑު ކާށި ހުނި

– 2 ނުވަތަ 3 ތޮޅި މިރުސް

– ½ ޖޯޑު ކޮތަންބިރި

– ½ ޖޯޑު ކުދީނާ ފަތް (މިންޓް ލީވްސް)

– 1/4 ސައިސަމުސާ ލޮނު

– 3 ސައިސަމުސާ ގޮށް ރީނދޫ

– ½ ކިލޯ އަލުވި ތޮށި މަށައިގެން ކައްކާފައި

– ½ ޖޯޑު ކޮޓޭޖް ޗީޒް

– 1/4 ޖޯޑު ޕާން ކުނޑި (ބޭނުން ނަމަ)

– 1 ސައިސަމުސާ މުގުރި ހިކިމިރުސް

– 1 ސައިސަމުސާ ދިރި މުގުރާފައި

– ½ ސައިސަމުސާ ހަވާދު (ބޭނުން ވައްތަރެއްގެ)

– 1/4 ޖޯޑު ޕާން ކުނޑި (ބޭނުން ނަމަ)

– ½ ޖޯޑު ގޮދަން ފުށް

– 1/4 ސައިސަމުސާ މުގުރި އަސޭމިރުސް

– ½ ޖޯޑު ފެން

– ތެލުލުމަށް ކުކިން އޮއިލް

ހެލެނބެލި ސޯސް އަށް ބޭނުންވާ ތަކެތި:

– ½ ޖޯޑު ހެލެނބެލި

– ½ ޖޯޑު ހަކުރު

– ½ ސައިސަމުސާ މުގުރި މިރުސް

– 1/4 ސައިސަމުސާ ދިރި ހަނާކޮށް މުގުރާފައި

– 1/4 ސައިސަމުސާ ލޮނު

– 1 ނުވަތަ ½ ޖޯޑު ފެން

– ކުޑަ ކާކުލު ކޮޅެއް (ރީނދޫ)

– 2 މޭޒުމަތީ ސަމުސާ ކޯން ފްލަރ (ޒުވާރި ފުށް)

ތައްޔާރުކުރާނެ ގޮތް:

– ބްލެންޑަރ (މިކްސްޗަރ)ގެ ޖަގު ތެރެއަށް ކާށި ހުނި، މިރުސް، ކޮތަންބިރި، ކުދީނާ ފަތް، ލޮނު، ގޮށް ރީނދޫ އެޅުމަށްފަހު މުގުރާލައި އެއްފަރާތެއްގައި ބަހައްޓާށެވެ.

– ބޯތަށްޓެއްގެ ތެރެއަށް އަލުވި އެޅުމަށްފަހު ރަނގަޅަށް ޗަސްކުރާށެވެ.

– ޗީޒް، ޕާން ކުނޑި، ތެޅި މިރުސް، ދިރި، ހަވާދު، ލޮނު، ކޮތަންބިރި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

– އަތުގައި ތެޔޮ ފޮދެއް ހޭކުމަށްފަހު ދެންމެ މި އެއްކުރި ތަކެތިން ގުޅަ ހަދާށެވެ. އެއަށްފަހު ކުޑަކޮށް ފަތައިކޮށްލުމަށްފަހު އޭގެ ތެރެއަށް، ކުރިން ތައްޔާރުކޮށްފައިވާ ސަޓަނި އަޅާށެވެ. ގުޅަ ބައްދާލައި ބޯޅަތަކެއްހެން ހަދާފައި އެއްފަރާތުގައި ބަހައްޓާށެވެ.

– ބޯތަށްޓެއްގެ ތެރެއަށް ގޮދަން ފުށް، ލޮނު، މުގުރި އަސޭމިރުސް، ފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި އެއްފަރާތެއްގައި ބަހައްޓާށެވެ.

– އެހެން ބޯތަށްޓެއްގެ ތެރެއަށް ޕާން ކުނޑި އަޅާފައި ބަހައްޓާށެވެ.

– ކުރިން ހެދި ބޯޅަތައް ފުށްގަނޑުން ހެދި އެތީގެ ތެރެއަށާއި ޕާން ކުނޑީގެ ތެެރެއަށް ލުމަށްފަހު ތާހަކަށް ތެޔޮ އަޅައިގެން މަޑުގިނީގައި ރަތް ވާންދެން ތެލުލާށެވެ.

ހެލެނބެލި ސޯސް ތައްޔާރުކުރާނެ ގޮތް:

– ތަވައެއްގެ ތެރެއަށް ހެލެނބެލި، ހަކުރު، މިރުސް، މުގުރާފައިހުރި ދިރި، ލޮނު، ފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި ކައްކާށެވެ. ކާކުލަ އެޅުމަށްފަހު އިތުރަށް 2 ނުވަތަ 3 މިނެޓް ކައްކާށެވެ.

– ޒުވާރި ފުށްކޮޅުގެ ތެރެއަށް ފެން ފޮދެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ފެނާއި އެއްކޮށްފައިހުރި ޒުވާރި ފުށްކޮޅު ހެލެނބެލި ސޯސްގަނޑުގެ ތެރެއަށް މަޑުމަޑުން އެއްކުރަމުން 8 ނުވަތަ 10 މިނެޓް ކައްކާށެވެ. އެއަށްފަހު ހިހޫކުރަން ބަހައްޓާށެވެ.

އަލުވި ސަޓަނި ބޮން ނުވަތަ ގުޅަ ކާނީ ހެލެނބެލި ސޯސް އާއި ޖައްސައިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.