ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އުނޫޝާ އަށް ދަރިއެއް ލިބިއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ، މޯލްޑިވިއަން އައިޑަލް ތިން ސީޒަންގެވެސް ފަނޑިޔާރު، އުމުރުން 33 އަހަރުގެ މަރިޔަމް އުނޫޝާ (ކިޑީ)ގެ ހަޔާތަށް ”ކިޑެއް“ މިއަދު ލިބިއްޖެ އެވެ. އުނޫޝާ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

އުނޫޝާއަށް މިއަދު ދަރިއަކު ލިބުނީ ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ. އުނޫޝާ އާއި ދަރިފުޅުގެ ހާލު ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.

އުނޫޝާ އަކީ ދިވެހި މޫސީޤީ އާއިލާއެއް ކަމަށްވާ ބެރުގޭ އާއިލާއަށް ނިސްބަތްވާ ފަންނާނެކެވެ. މަންމަ އާއި ބައްޕަ އަކީ ’އެންޓާރިސް“ ބޭންޑުގައި އެންމެ ފާހަގަކޮށްލެވޭ ދެ ފަންނާނުންނެވެ. ޝަފީޤާ އާއި އިމާދު އިސްމާޢީލް އެވެ. އެންމެ ތުއްތު އިރުންފެށިގެން ލަވަކިޔުމުގައި ހަރަކާތްތެރިވަމުން އަންނަ އުނޫޝާ މި ދާއިރާގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ، ތަފާތު ސްޓައިލްގައި ލަވަކިޔަން ފެށިފަހުންނެވެ. ނަމަވެސް ސްކޫލް ދައުރުގައިވެސް ލަވަ މުބާރާތްތަކުން އުނޫޝާ އަކީ ރަން ވަނަތައް ހާސިލްކޮށް ވިދަން ފަށާފައިވާ ފަންނާނެކެވެ.

މުނިއަވަސް އިން އުނޫޝާ އާއި ހަމީޝްގެ އަށް މި ލިބުނު އުފަލުގައި ބައިވެރިވެ އެ ދެމަފިރިންނަށް މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުން މަރުޙަބާ ކިޔަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top