އޭ ޢީދެވެ! ތިބާ އަކީ މާތްﷲ ގެ ޙަޟްރަތުން އަޅަމެންނަށް ލެއްވި ހަދިޔާ އެކެވެ.
ތިބާ އަހަރުމެންނާ ބައްދަލުކުރަނީ އުފާވެރިކަމުގެ ކުލަތަކާއި އެކުގައެވެ.
ތިބާގެ ސަބަބުން އަހަރެމެންގެ ތިމާގެ މީހުންނާއި ރައްޓެހިންނާއި އަޚްވަންތަ ކުރުވަމުއެވެ.
ކޯދުލައި އޮހެމުންދާ ފެން އާރަކުން ފެން އޮހޭ ފަދައިން ތިބާ އަހަރުމެންނަށް ރަޙްމަތާއި ބާއްޖަވެރިކަން ގެނެސްދެމުއެވެ.
އަހަރުމެން އެކަކު އަނެކަކަށް ޒިޔާރަތްކޮށް ހާލު އަހުވާލު ބަލައި އުޅެމުއެވެ.
އެއްވެސް ނަފުރަތުކަމެއް، ހިތް ނުބައިކަމެއް، ބޮޑާކަމެއް ނެތިއެވެ.
ތިބާގެ މީރު ހުވަދުން ފުރިގެންވާ ސަލާންގަލާން ކުރުމާއެކު ޢީދު ދުވަސް އަހަރުމެން ފަށަމުއެވެ.
ދެކޮޅުވެރިން އެކުވެރިންނަށް ބަދަލުކޮށްލަނީ ތިބާ އެވެ.
ތުއްތުކުދިންގެ މައުސޫމު މޫނުތަކަށް އުފާވެރިކަމުގެ ހިނިތުންވުން ގެނެސްދެނީ ތިބާ އެވެ.
ޔާ ﷲ އެވެ. މި އުފާވެރިކަން އަބަދުވެސް މި ގޮތުގައި ލަހައްޓަވާށި އެވެ.
އަހަރުމެންނަކީ އަބަދުވެސް އަޚުންތަކެއްގެ ގޮތުގައި ލައްވަވާށި އެވެ.
އޭ އުފާވެރިކަމުގެ ޢީދެވެ. ކަލާންގެ އަށް އަހުރަމެން ފަށްފަށުން ޝުކުރުވެރިވަނީ ތިޔަފަދަ ޢީދުތައް އުފާވެރިކަމުގައި މިންވަރު ކުރައްވާތީ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!




