ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދައުވަތު” އިފްތިތާހް ކޮށްފި

ވީމީޑިއާގެ ފުރަތަމަ ދިވެހި ފިލްމު “ދަޢުވަތު” އިފްތިތާހް ކޮށްފި އެވެ. މި ފިލްމު އިފްތިތާހްކޮށްދެއްވީ މިރޭ އޮލިމްޕަހުގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު ނަޝީދު އެވެ.

ދިވެހި ފިލްމު “ދަޢުވަތު” އިފްތިތާހް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޤައުމެއްގެ ތަރައްޤީގައި ވާހަކަ އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި ފިލްމަކީ ވާހަކަ ހުށައަޅައިދިނުމަށް އޮތް އެންމެ ފުރިހަމަ ގޮތް ކަމަށެވެ.

“ދަޢުވަތު” ޑައިރެކްޓުކުރީ ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރު އަދި ވީމީޑިއާގެ ޕްރޮގްރާމް ކޯޑިނޭޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

”ދައުވަތު“ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް ފެނިގެންދާނެއެވެ.

https://www.facebook.com/vtvmv/videos/376534956312208/

”ދައުވަތު“ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓް މިހާރުވެސް އޮލިންޕަހުން ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

އޮލިމްޕަހުގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު ހުޅުވައިލެވިފާއި ވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top