އަންނަ ޖުލައި މަހު 01 ގައި އަޅުވާ ޑާކްރެއިން އެންޓަޓެއިންމެންޓުގެ “މާމުއި” ގެ މަސައްކަތް ނިމުމަށްފަހު އެ ސްޓޫޑިއޯއިން ހަދަން އިޢުލާނުކޮށްފައިވާ ފިލްމު “ނޮވެމްބަރ“ގެ ޕްރީޕްރޮޑަކްޝަންގެ މަސައްކަތް ފެށުމަށް ޑާކްރެއިން ޓީމުގެ އެންމެ އިސް ތިން ފަންނާނުން ސިންގަޕޫރުގައި ހަރަކާތްތެރިވާން ފަށާއިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓްގެ އިސް ތަނބު، ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)، އެ ސްޓޫޑިއޯގެ އުފެއްދުންތަކުގެ އެންމެ ވަރުގަދަ ދެ ސިކުނޑި، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އާއި ޑައިރެކްޓަރ އަޙްމަދު ޝިނާން ސިންގަޕޫރަށް ދިޔައީ މިމަހު 18 ގައެވެ. ފިލްމު “ނޮވެމްބަރު”ގެ ޕްރީޕްރޮޑަކްޝަން ފެށިކަން މޮގާ ހާމަކޮށްފައިވަނީ ސިންގަޕޫރަށް ފުރުމުގެ ކުރިން ވެލާނާ އެއާޕޯޓްގައި ހުރެ ކޮށްފައިވާ ފޭސްބްކް ޕޯސްޓެއްގައެވެ.

ފިލްމު “ނޮވެމްބަރ” އަކީ ޢަލީ ޝިފާޢު ޑައިރެކްޓްކުރާ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މީގެ ކުރިން ވަނީ ބުނެފައެވެ.

ފިލްމު “ނޮވެމްބަރސިނަމާ އަށް ގެންނައުމަށް އަމާޒު ހިފާފައިވަނީ މި އަހަރު ރަމަޟާން މަހުގެ ފަހުން ކަމަށް ވެސް މޮގާ ބުންޏެވެ.

މޮގާ ގެ އަންހެނުން އައިޝަތު ފުއާދު ތަޢުފީޤް ގެ އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ “ނޮވެމްބަރު” އަކީ ވަރަށް ވެސް ރީތި އަދި ފުރިހަމަ ލޯބީގެ ފިލްމަކަށް ވާނެކަމަށް ޑާކްރެއިން އިން ބުނެއެވެ.

ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރާއި މާލޭގައެވެ. މިއީ ޑާކް ރެއިންގެ ފިލްމެއް ރާއްޖޭން ބޭރުގައި ޝޫޓް ކުރާ ފުރަތަމަ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.