މިމަހުގެ 12ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިިންޕަހާއި ރާއްޖޭގެ އެކި ރަށްރަށުގައި ދައްކަމުންދާ ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދަޢުވަތު”ގެ ވަދާޢީ ދެ ޝޯ މިމަހު 28 އަދި 29 ގައި ދައްކާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

“ދަޢުވަތު”ގެ ވަދާޢީ ދެ ޝޯ އޮލިމްޕަހުގައި މިމަހު 28ވާ ހުކުރުދުވަގެ ރެއާއި 29ވާ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައި ވާއިރު، އަތޮޅު ތެރޭގެ ރަށް ރަށުގައި “ދަޢުވަތު”ގެ ފޯރި އަންނަނީ ގަދަވަމުންނެވެ.

”ދައުވަތު“ ދެއްކުމަށް މިވަގުތު ހަމަޖެހިފައިވާ ރަށްތަކަށް ބަލައިލާއިރު:-

* 27 ޖޫން، ޅ. ނައިފަރުގައި

* 27 ޖޫން، ހއ. ދިއްދޫގައި

* 6 ޖޫން، ފ. ނިލަންދޫގައި

* 4 ޖުލައި، ނ. މަނަދޫގައި

* 5 ޖުލައި، ށ. މިލަދޫގައި

* 5 ޖުލައި، އދ. ދަނގެތި

* 6 ޖުލައި، ނ. ކެނދިކުޅުދޫ

* 5 ޖުލައި، ށ. މިލަންދޫ

* 6 ޖުލައި، ރ. އުނގޫފާރު

* 6 ޖުލައި، ށ. ފުނަދޫ

* މީގެ އިތުރުން ޖުލައި 04 ން 07 އާއި ދެމެދު ލ. ގަން، ފޮނަދޫ، މާމެންދޫ އަދި ބައެއް އެހެން ރަށްރަށުގައި ”ދައުވަތު“ ދެއްކުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ލ. އަތޮޅުން އެކަމުގައި ހަރަކާތްތެރިވާ ފަރާތުން މަޢުލޫމާތު ދެއެވެ.

ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދެމުންދާ ބިރުވެރި ފިލްމު ”ދަޢުވަތު“ ގައި ކިޔައިދެނީ ކައިވެންޏަށް ފަހު ރާއްޖޭގެ ރަށަކަށް ހަނީމޫނަށް ދާ ޒުވާން ދެމަފިރިއަކަށް ސިހުރުހާރޫގައިގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ފިލްމުގެ ޕްލޮޓް ބިނާކޮށްފައި ބިރުވެރި ފިލްމެކެވެ.

ފިލްމު ”ދައުވަތު“ ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އަލީ (ދޮންއައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.