“އެޕްރިސިއޭޝަން އޮފް އިންޑިއަން މިއުޒިކް ވިތު އަނޫޖާ ކާމަތު މިއުޒިކް ވޯކްޝޮޕް” ގެ ނަމުގައި މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓް (އެމްއެމްއައި)އިން އިންތިޒާމުކޮށްގެން މިއުޒިކް ޓްރެއިންނިން ވޯކްޝޮޕް މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޔޫޓިއުބުން މަޝްހޫރުވެފައިވާ އިންޑިޔާގެ ޒުވާން އަންހެން ފަންނާނު އަނޫޖާ ކާމަތުގެ މި ވޯކްޝޮޕަކީ ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ވޯކްޝޮޕް ކުރިއަށްގެންދިޔުމަށް އިއްޔެ އަނޫޖާ ރާއްޖެ އައިސްފައިވާއިރު މި ވޯކްޝޮޕާމެދު އޭނާ ކުރާ އުންމީދުތައްވެސް ބޮޑެވެ.
ޕީއެސްއެން ނިއުސްއާ ވާހަކަ ދައްކަމުން އޭނާ ބުނީ މިފުރުސަތަކީ މިއުޒިކަށް ލޯބިކުރާ އެންމެނަށްވެސް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ސެޝަންތައް ކުރިއަށްދާނީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި އެންމެންވެސް ބައިވެރިވުމަށް އޭނާވަނީ އެދިފައެވެ.
މި ކޯހަކީ އެމްއެމްއައި އާއި އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން ބައިވެރިވެގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. އެމްއެމްއައި އިން ބުނީ މި ކޯހުގައި އިންޑިއާގެ މިއުޒިކް އަކީ ކޮބާކަމާއި އިންޑިއަން ވޯކަލްސްގެ މަޢުލޫމާތު ލިބިގެން ދާނެކަމަށެވެ. އަދި މި ނޫންވެސް މިއުޒިކާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް މި ވޯކްޝޮޕުން ލިބިގެންދާނެ ކަމަށްވެސް އެމްއެމްއައިއިން ބުނެއެވެ.
މިކޯސް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 29ވަނަ ދުވަހާއި 30 ވަނަ ދުވަހެވެ. ވޯކްޝޮޕް މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ ރޭގަނޑުކަމަށް އެމްއެމްއައި އިން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 2 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ފައިނަލަށް – މަރުޙަބާ!
- 2 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ރާއްޖޭގެ މިއުޒިކީ ތާރީޚުގެ ތެރެއަށް!
- 1 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ސެމީފައިނަލަށް! – މަރުހަބާ
- 1 މެއި 2025ޚަބަރު“އަލިފާން” ޓީޒާގެ ދިލަ ވަރަށް ގަދަ!