ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދައުވަތު – މި ފިލްމުގައި ވަނީ ކިހިނެތް؟

މިއީ ވީނިއުސްގެ އަހުމަދު ހަމީދު އާދަމް ލިޔުއްވާފައިވާ ލިޔުމެއްގެ ބައެކެވެ.

އަޅުގަނޑުމެންގެ މުޖްތަމައުއަކީ ސައްތައިން ސައްތަ އިސްލާމީ މުޖްތަމައުއެއް ނަމަވެސް، ސިހުރުގެ ނުރައްކާތެރިކަން އޮތީ އިންތިހާ ދަރަޖައެއްގައެވެ.

ސިހުރުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ވަނީ ވަކިވެގެންގޮސްފައެވެ. އަނެއް ބައެއްގެ އުފާވެރި ދިރިއުޅުން ވަނީ ގެއްލިފައެވެ. ޝައިތާނާގެ ހަވާ ނަފުސަށް ތަވާބު ސިހުރުވެރިއަކު ކުރާ ނުބައި އަމަލެއްގެ ސަބަބުން މުޅި ހަޔާތް ވޭނުގައި ހޭދަކުރަންޖެހިފައިވާ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރޭގައި އެބަތިއްބެވެ. ސިހުރުގެ ސަބަބުން ހަޔާތުގައި ކަޅު ދުވަސްތައް ގުނަމުންދާ އެކި އުމުރުގެ ދެ ޖިންސުގެ އެތައް ބަޔަކު ތިބިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ. ސިހުރުގެ ސަބަބުން ސިހުރު ޖެހޭ މީހާ އަރާމު ނިދިން މަހުރޫމްކުރުވައެވެ. ނުތަނަވަސްކަން ގެނުވައެވެ. ނިދީގައާއި ހޭލާ ހުންނަ ވަގުތުތަކުގައި ބިރުވެރި ކަންކަން ކުރިމަތިވެއެވެ.

“ދައުވަތު” މި ފިލްމުގައި ދައްކުވައިދޭނީ އެފަދަ ހާދިސާއެކެވެ. އިބްރަތުން ފުރިގެންވާ ހަގީގީ ހާދިސާއެކެވެ. ކޮންމެ މީހަކަށްވެސް އެނގެންޖެހޭ އެތައް ވާހަކަތަކެއް މި ފިލްމުން ބުނެދޭނެއެވެ.

“ދައުވަތު”ން ދޭނެ މެސެޖަކީ ސިހުރުގެ ނުރައްކާތެރިކަމެވެ. އެ ފާފައިގެ ބޮޑުކަމެވެ. އެ ނުބައި އަމަލުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކެވެ. ސިހުރުގެ ސަބަބުން ތަހަންމަލުކުރަންޖެހޭ ވޭނެވެ. އަދި ސިހުރުން ދުރުވުމަށް ކުރަންޖެހޭ ކަންކަމެވެ. އެފަދަ ޝައިތާނުންގެ ނުބައިކަމުން ސަލާމަތްވުމަށް ތިމާއަށް ކުރެވޭނެ ކަންކަމެވެ. އެޅޭނެ ފިޔަވަޅެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ހުވަނި7 އަހަރު ކުރިން

ލިޔުން ޕޯސްޓް ކުރި ލިޔުންތެރިޔާގެ އިންފޯ ބޮކްސް ކިޔައިލިންތަ ބްރޯ. އެތަން ކިޔައިލިނަމަ ވާނުވާ ނޭނގި ކޮމެންޓް ކުރާކަށް ނުޖެހޭނެ

7778-69987 އަހަރު ކުރިން

Noos thakun Bai Bai nagaagen liyaa fenvaruge nooheh dho adhi mi. V news ge thappaahuga tha mi noos hingani. v

Home
Menu
Search
Back to top