ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަޢުވަތު” – ޝްވެކް ސިނަމާގައި މިމަހު 13، 15 އަދި 17 ގައި

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު ”ދަޢުވަތު” ހުޅުމާލޭ ޝްވެކް ސިނަމާއަށް އަންނަން ދެން އޮތީ އެންމެ ދެ ދުވަހެވެ. ޝްވެކް ސިނަމާގައި ”ދަޢުވަތު” ދައްކާނީ މި މަހުގެ 13، 15 އަދި 17 ވަނަ ދުވަހު އެވެ.

ޖޫން 12 އިން ފެށިގެން ކާމިޔާބު ޝޯތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކަމުން އަންނަ ”ދަޢުވަތު” ފިލްމަށް ޓިކެޓް ބުކް ކުރުން މިހާރު ހުޅުވާލައިފައިވާއިރު ފިލްމުގެ ޓިކެޓް ގަންނަން މިހާރު ވެސް ޝްވެކް ސިނަމާއިން ލިބޭނެ އެވެ.

ހުޅުމާލޭގައި ޝޯތަކެއް ދެއްކުމަށް ހަމަޖެހިފައިވާއިރު، ނ. މަނަދޫގައި މި ފިލްމު ދެއްކުމަށް މިހާރު ހަމަޖެހިފައިވަނީ މާދަމާރޭ 09:00 ގައި ވިލަރެސް ކުލަބު ހޯލުގައެވެ.

https://www.facebook.com/332159277599127/videos/627167641123202/

“ނޯޓީ ފޯޓީ”، “ފޯޓީ ޕްލަސް” އަދި “ބައިވެރިޔާ” ފަދަ ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދަމުން އަންނަ އެކްޓަރ ޑައިރެކްޓަރ އަދި ރައިޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމު ”ދަޢުވަތު”މިއީ ލޯބީގެ ބިރުވެރި ފިލްމެކެވެ.

ދަޢުވަތު”ގެ ލީޑް ތަރިންނަކީ ޔޫއްޕެ ޕްރޮޑަކްޝަނުން އެންމެ ފަހުން ނެރުނު ލޯބީގެ ފިލްމު ”ނަފުރަތުވުމުން“ ގެ ތަރިން ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އާމިނަތު ޒިޔާދާ ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.

ކާމިޔާބުކަމާއެކު ފިލްމު”ދަޢުވަތު”ދައްކަމުން އަންނަތާ މާދަމާ ރެއަށް އެއްމަސް ވާނެއެވެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top