ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
”ބަވަތި“ ބަލައިލަންޖެހޭ ހަވަނަ ސަބަބު!

ރަނގަޅު ސަސްޕެންސެއް ނުވަތަ ކުންނެއް ހިމެނިއްޖެނަމަ ވާހަކައެއް، ފިލްމެއް ނުވަތަ ޑްރާމާއެއްގައި ހިމެނެންޖެހޭ އެންމެ މުހިންމު އުންސުރު (އެލިމެންޓް) ހަމަވީއެވެ. ނޭވާ ހިފަހައްޓާލައިގެން، ދެން ވާނީ ކިހިނެއްބާއޭ ހިތާ އިންނަންޖެހޭ ވަރުގެ ވަރުގަދަ ސަސްޕެންސެއް ހިމެނޭ ފިލްމަކީ ކޮންމެ މީހަކުވެސް އެންމެ ބަލާހިތްވާނެ ޒާތުގެ ފިލްމަކަށް ވާނެކަން ގައިމެވެ. އެހެންކަމަށް ވާނަމަ ‘އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު ”ބަވަތި” ވެގެންދާނީ މި ދެންނެވި ފަދަ ދިވެހި ފިލްމުގެ ލިސްޓްގައި ހިމެނޭނެ ފިލްމަކަށެވެ.

ބަވަތި” ބަލަންޖެހޭ ހަ ސަބަބު ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭން ފެށި މި ސިލްސިލާގައި މިއަދު މި ބަލައިލަނީ މި ފިލްމު ބަލަންޖެހޭ ސަބަބުތަކުގެ ތެރެއިން ހަވަނަ ސަބަބުގެ މައްޗަށެވެ.

https://www.facebook.com/349152015708227/videos/303537573877387/

އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ވަންނަ އިލްޔާސް ވަހީދު ޑައިރެކްކޮށްފައިވާ ”ބަވަތި”ރިލީޒްކުރަނީ 02 ސެޕްޓެމްބަރު 2019 ގައެވެ. ފިލްމުގެ ލީޑް ތަރިންނަކީ އިފްނާޒް އާއި ނުޒޫ އެވެ.

ފިލްމްގެ ސަސްޕެންސް
ބަވަތި” ފިލްމް ގެ ފުރަތަމަ މޯޝަން ޕޯސްޓަރު ނެރުނު ދުވަހުން ފެށިގެން އެންމެންވެސް ކުރާ ސުވާލަކީ މިއީ ކިހިނެއްވާ ފިލްމެއްހޭ؟ އެވެ. ފިލްމްގެ ކޮންމެ އިންޓަވިއުއެއްގައި ވެސް އެންމެން ކަހަލަ ގޮތަކަށް ބުނަނީ ފިލްމު ބަލައިލީމާ އެ ސުވާލުގެ ޖަވާބު ލިބޭނެ ކަމަށެވެ.

ފިލްމުގެ މެއިން ލީޑް ނުޒުހަތު ޝުއައިބް (ނުޒޫ) އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއާ މިހާރު އެންމެ ގިނަމީހުން ކުރާ ސުވާލަކީ ”އޭ ބަވަތީގަ ކިހިނެއްތަވަނީ ؟” މި ސުވާލު ކަމަށެވެ. އެ ސުވާލު އަހައިލާ ކޮންމެ މީހަކަށްވެސް ނުޒޫ ދޭ ޖަވާބަކީ ތިޔަ ސުވާލުގެ ޖަވާބު ލިބޭނީ ފިލްމު ބަލައިލީމާ ކަމަށެވެ.

ބަވަތި”ފިލްމްގެ އެކްޓަރ އިފްނާޒް އާ މި ސުވާލު ކޮށްލުމުން އިފްނާޒް ބުނެފައިވަނީ އިފްނާޒް ކައިރީގައި ވެސް މި ސުވާލު ވަރަށް ގިނަ މީހުން އަހާ ކަމަށާއި އެކި މީހުން، އެމީހުންނަށް ހީވާ އެއްޗެއްވެސް އެކިގޮތަށް ބުނަމުން އަންނަ ކަމަށެވެ.

https://www.facebook.com/349152015708227/videos/424112348373729/?v=424112348373729

ބަވަތި”ފިލްމުގައި ވަނީ ކިހިނެއްކަން އަޅުގަނޑުމެންނަށް ވެސް އެނގެނީ ވަރަށް ކުޑަކޮށެވެ. އެނގޭހާވެސް މިންވަރަކީ އަތޮޅުތެރޭ ރަށެއްގެ އަންހެން ކުއްޖެއް ކަމަށްވާ ނުޒޫ މާލެ ބަދަލުވަނީ އުފާވެރި ދިރުއުޅުމެއް އުޅެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް ނުޒޫ މާލެއަށް ބަދަލުވުމަށްފަހު ދެން ދިމާވަނީ ހިތާމަވެރި ކަންތައްތަކެއް ކަން ނުވަތަ ބިރުވެރި ކަންތައްތަކެއް ކަމެއް ސީދާ ބުނާކަށް ނޭނގެއެވެ. މި ދެންނެވި ދެގޮތުންކުރެ ގޮތެއް ވާނެކަމެއްވެސް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ. ސަބަބަކީ މި ފިލްމަކީ ތްރިލާއެއް ކަމަށް ފިލްމްގެ ޑައިރެކްޓަރ އިއްލެ ބުނަމުންދާތީ އެވެ.

https://www.facebook.com/349152015708227/videos/467233240519993/?v=467233240519993

ކޮންމެ ގޮތެއްވިޔަސް ބައިވަރު ސުވާލުތަކެއް ވަނީ ފިލްމުގެ ލަވަ އަދި ޓްރެއިލާރތައް ބެލި އެންމެންގެ ހިތުގައި އުފެދިފައެވެ. މިހުރިހައި ސުވާލެއްގެ ޖަވާބު ލިބޭނީ ނުޒޫ ބުނާހެން ފިލްމު ބަލައިލީމައެވެ. އެންމެ އަވަހަށް އެ ޖަވާބު ލިބޭނީ 02 ސެޕްޓެމްބަރުގައި ފިލްމު އޮލިމްޕަހުގައި އެޅުވީމައެވެ.

މި ދެންނެވި ސަބަބުތަކަށްޓަކައި ވެސް ”ބަވަތި” ބަލައިލަން ދިއުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ހަމަ ގައިމުވެސް އަޅުގަނޑުމެން މިތިބީ ފިލްމު ބަލައިލުމަށް ކެތްމަދުވެފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top