ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޔާރް ދިވާނާ” ގެ ޓްރެއިލަރ ނެރެފި

ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި އާއި ފިލްމު ”ދެވަންސޫރަ“ އާއި ”ފޯޓީ ޕްލަސް“ ގައި މޮޅު އެކްޓިންއެއް ދައްކާފައިވާ މަރިޔަމް ޝިފާ އެކްޓްކޮށްފައިވާ ރިއްފަތުގެ އައު ވީޑިއޯ ލަވައިގެ ޓްރެއިލަރ ދައްކާލައިފިއެވެ.

ހިތްގައިމު ގޮތަކަށް ޝޫޓްކޮށްފައިވާ މި ލަވައިގައި ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތު ވެސް ފެނިގެންދެއެވެ. ލަވައިގެ ލީޑުން ފެންނަ ޖިމީ އާއި ޝިފާގެ އިތުރުން ފިލްމު “ފޯޓީ ޕްލަސް” އިން މޮޔައެއްގެ ރޯލުން ފެނިގެންދިޔަ ސައިއްޓޭ ވެސް ހަރަކާތްތެރިވެއެވެ.

ރިއްފަތު ކިޔާފައިވާ މި ލަވައިގެ މިއުޒިކް އަދި މިކްސިން ހެދީ ކޮއްކޮ އެވެ. ލަވައިގެ ޅެން ހެދީ އަޙްމަދު އިސްމާޢީލް (އަންމަޑޭ) އެވެ.

https://www.facebook.com/mohamed.riffath.7/videos/3170152976346465/UzpfSTEwMDAwMDU1MzgxOTA5MjozMTczMTM0MjY5MzgxNjY5/

”ޔާރު ދިވާނާ“ ލަވައިގެ ވީޑިއޯ މަސައްކަތަށް ބަލާލާއިރު، ކެމެރާ، ޑައިރެކްޝަން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ ’މަނިކް އާޓްސް‘ އިންނެވެ. މޭކަޕް ހެދީ ޝިޒް އެވެ.

ކިޝޯރް ކުމާރް ކިޔާފައިވާ ’ޕިޔާރް ދިވާނީ ހޯތާހޭ’ގެ ރާގަށް ރިއްފަތު ކިޔާފައިވާ މި ލަވަ ޕްރޮޑިއުސްކޮށް ބެލުންތެރިންނަށް ގެނެސްދެނީ ރިއްފަތުއެވެ.

ބެލުންތެރިންނާއި ހަމައަށް މި ލަވަ ވަރަށް އަވަހަށް އަންނާނެ ކަމަށް މުނިއަވަސްއަށް ރިއްފަތު ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
gisqtI6 އަހަރު ކުރިން

dhoapattaa alhaafa hureema v salhi

Home
Menu
Search
Back to top